މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް
ދިވެހިރާއްޖެ
ހަމަހަމަކަން ކަށަވަރު ނިޝާން (ޖެންޑަރ އީކުއަލިޓީ ސީލް)

އިޢުލާން

 

ހަމަހަމަކަން ކަށަވަރު ނިޝާން (ޖެންޑަރ އީކުއަލިޓީ ސީލް)

 

      ޤާނޫނު ނަންބަރު:2016/18، ޖެންޑަރ އީކުއަލިޓީގެ ޤާނޫނުގެ އެންމެ މުޙިއްމު އެއް އަސާސަކީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަކީ މިންތީގެ ހަމަހަމަކަމަށް ރިޢާޔަތްކޮށް ކުރާ މަސައްކަތްތަކަކަށްވުމެވެ. އަދި މި ޤާނޫނު އެދެވޭ ގޮތުގައި ތަންފީޛްކުރުމުގެ ގޮތުން މިޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވެސް އިދާރާތަކުގެ މަސައްކަތްތައް މެއިންސްޓްރީމްކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރުމަށް ކަނޑައަޅާފައިވެއެވެ. ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރު އެޅުމުގެ ގޮތުން، ޤައުމީ ފެންވަރުގައި "ހަމަހަމަކަން ކަށަވަރު" ނިޝާން ތަޢާރަފުކުރެއްވުމަށް 24 ޑިސެންބަރު 2023 ގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

      މި ނިޝާނަކީ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ވިޔަފާރިތަކާއި ކުންފުނިތަކުގައި މިންތީގެ ހަމަހަމަކަމަށް ބާރުއެޅުމުގެގޮތުން، ޤައުމީ ފެންވަރުގައި އެކުލަވާލެވިފައިވާ ނިޝާނެކެވެ. މިގޮތުން، ވަޒީފާގެ މާހައުލުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް މިންގަނޑުތައް ކަނޑައަޅާ، މި މިންގަނޑުތަކަށް ފެތޭ އިދާރާތަކުން ހަމަހަމަކަން ކަށަވަރު ނިޝާން ހޯދުމަށް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލަމެވެ. މި ނިޝާން ހުޅުވާލަނީ ތިން ލެވެލްއަކަށެވެ. މިއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑް ލެވެލްއެވެ.

      އެޕްލިކޭޝަންތައް ހުށަހެޅުމަށް އެދޭ ފަރާތްތަކުން ގެޒެޓްގައިވާ ފޯމް މެދުވެރިކޮށް އެކަމާއި ގުޅޭ ލިއެކުއުންތަކާއި އެކު މި މިނިސްޓްރީގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. އަދި ހަމަހަމަކަން ކަށަވަރު ނިޝާންގެ މިންގަނޑު މި އިދާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ.

      އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޑިސެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00 އެވެ.

      ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

 

28 ރަބީޢުލްއާޚިރު 1447           

                                       20 އޮކްޓޯބަރ 2025

20 އޮކްޓޫބަރު 2025
ހޯދާ