ދިވެހިރާއްޖެ
އިޢުލާން
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026/2025 ގެ އިންތިޒާމްތައް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމާއި ގުޅޭ!
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026/2025 ގެ އިންތިޒާމްތައް ހަމަޖައްސާދޭނެ ފަރާތެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ރަށުގެ ކްލަބްތަކާއި، ޖަމްއިއްޔާތައް ނުވަތަ އަމިއްލަ ވިޔަފާރިތައް 23 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ކ.ގުޅީ ކައުންސިލްގެ އިދާރާ |
26 އޮކްޓޫބަރު 2025 |
އާދިއްތަ |
10:00 |
ޕްރޮޕޯސަލް ހުށަހެޅުން |
ކ.ގުޅީ ކައުންސިލްގެ އިދާރާ |
28 އޮކްޓޫބަރު 2025 |
އަންގާރަ |
11:00 |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އީމެއިލް ކުރައްވައި، ނުވަތަ 6640068 އަށް ގުޅުއްވުން އެދެމެވެ.
ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް:
އަގު |
ތަޖުރިބާ |
80% |
20% |
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.