މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އުމުރުން ދުވަސްވީ ފަރާތްތަކަށް ދޫކުރު ޙާއްސަ ލައިސަންސް އެދި ހުށަހެޅުމާއި ގުޅޭ

އެއްގަމު އުޅަނދު ދުއްވުމުގެ ޤަވައިދު ނަންބަރު2021/R-102 ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ އުމުރުން ދުވަސްވީ މީހުންގެ  ލައިސަންސްއަށް އެދި ފޯރމް ހުށަހެޅުމުގެ ފުރުޞަތު ގޮއިދޫގައި ދިރިއުޅޭ އެންމެހާ އިސްރައްވެހިންނަށް ހުޅުވާލަމެވެ. މި ލައިސެންސް ދޫކުރެވޭނީ ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.

1-    އުމުރުން 60 ( ފަސްދޮޅަސް ) އަހަރު ފުރިފައިވުން.

2-    މި ކައުންސިލުން ހިންގާ ތަމްރީން ޕްރޮޤްރާމް ފުރިހަމަކުރުން

 

  ވީމާ މި ލައިސަންސް ބޭނުންވާ 60 އަހުރުން މަތީގެ އިސްރައްވެހިން ފޯރމް ފުރިހަމަކުރުމަށްފަހު ކައުންސިލް ހުށަހެޅުން އެދެމެވެ. ލައިސަންސް އަށް އެދޭ ފޯރމް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. މި ލައިސެންސްގެ ދަށުން ދުއްވޭނީ 60 ސީސީއިން ދަށުގެ ސައިކަލް އަދި ރަށު ޕިކަޕަށެވެ. މި ލައިސަންސަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަތީގައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މި ކައުންސިލްގެ ފަރާތުން 4 ގަނޑިއިރުގެ ޓްރެއިނިން ޕްރޮޤްރާމެއް ހިންގޭނެއެވެ.

           މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

20 އޮކްޓޫބަރު 2025
ހޯދާ