ދިވެހިރާއްޖެ
މި ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ތަރުޖަމާނުން ހަމަޖައްސަން ޖެހޭ ޙާލަތްތަކުގައި ފަސޭހަކަމާއެކު އެކަންކުރުމުގެ މަގު ފަހިކުރުމުގެގޮތުން ތަރުޖަމާނުންގެ ދަފްތަރެއް މި ކޯޓުގައި ޤާއިމްކުރުމަށްބޭނުންވެއެވެ. ދެ ޖަދުވަލެއްގެ މައްޗަށް އެކުލަވައިލެވޭ މި ދަފްތަރުގެ ޖަދުވަލު 1 ގައި ހިމެނޭނީ، (ބަނގްލަދޭޝް، ހިންދީ، އުރުދޫ، ސިންހަލަ، އިނގިރޭސި، މެޑިކަލް އިނގިރޭސި) ބަސް ތަރުޖަމާކޮށްދޭ ފަރާތްތަކެވެ. އަދި ޖަދުވަލު 2 ގައި ހިމެނޭނީ ވާހަކަދެއްކުމާއި، އަޑުއިވުމުން މަޙުރޫމުވެފައިވާ މީހުންގެ ތަރުޖަމާނުންނެވެ. އެހެންކަމުން، ތަރުޖަމާނުންގެ ދަފްތަރުގެ ޖަދުވަލު 1 އަދި ޖަދުވަލު 2 ގައި ހިމެނުމަށްޓަކައި، މި ކޯޓަށް ތަރުޖަމާނުން ބޭނުންވެއެވެ.
| 
 ޝަރުޠު:  | 
 1. ޖަދުވަލު 1 ގައިވާ ބަސްބަހުން ދައްކާ ވާހަކަ ފަރިތަކަމާއެކު ދިވެހިބަހަށް ތަރުޖަމާކޮށްދިނުމާއި، ދިވެހި ބަހުން ދައްކާ ވާހަކަ މި ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާކުރުމުގެ ޤާބިލުކަން ހުރުމާއެކު، ދިވެހިބަހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔަން އެނގުން. ނުވަތަ، 2. އަޑު އިވުމުން މަހުރޫމުވެފައިވާ ފަރާތްތަކާ ފަރިތަކޮށް މުޢާމަލާތް ކުރަން އެގުން.  | 
| 
 އިނާޔަތް:  | 
 މައްސަލައަކާއި ގުޅިގެން ތަރުޖަމާ ކުރުމަށް ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއަކަށް -/400 ރުފިޔާ (ހަތަރުސަތޭކަ ރުފިޔާ)  | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
 ü ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާ ފޯމް ü ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޕާސްޕޯޓުގެ ކޮޕީ. ü ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ. ü މެންބަރުކަމަށް އެދޭ ފަރާތުގެ ވަނަވަރު.  | 
| 
 ސުންގަޑި:  | 
 2025 އޮކްޓޫބަރު 23 ވަނަ ދުވަހުގެ 13:00 ގެ ކުރިން.  | 
| 
 އިތުރު މަޢުލޫމާތު:  | 
 މަތީގައި ދެންނެވިފައިވާ ބަސްތަކުގެ އިތުރުން އެހެނިހެން ބަސްތައް ތަރުޖަމާކޮށްދިނުމަށް ވެސް ހުށަހެޅޭނެ ވާހަކަ ދެންނެވީމެވެ. ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތައް ތަރުޖަމާނުންގެ ގޮތުގައި ރަޖިސްޓްރީކޮށްދެވޭނީ، މި ކޯޓުން ކުރާ އިންޓަވިއުގައި ޤާބިލު ފަރާތެއްކަން ސާބިތުކޮށްދިނުމުންނެވެ. ގުޅޭނެ ފޯނު ނަންބަރު: 6820059 އީމެއިލް އެޑްރެސް: info@ga-kondey.court.gov.mv ލިޔުންތައް މިކޯޓުގެ އީމެއިލަށް ފޮނުއްވާނަމަ، PDF ފޯމެޓުގައި އެއް ފައިލެއްގެ ގޮތުގައި ފޮނުވައި ދެއްވުން އެދެމެވެ.  | 
28 ރަބީޢުލްއާޚިރް 1447
