ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެފް.އޭ.އެމް އެޓޯލް ޗެމްޕިއަންޝިޕް 2025/26 ހޯނޑެއްދޫ އެފް.ސީގެ މެނޭޖްމަންޓް ކޮމިޓީ އެކުލަވާލުމާ ގުޅޭ:

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން އިންތިޒާމްކުރާ އެޓޯލް ޗެމްޕިއަންޝިޕް 2025/26 ގައި މި ރަށުގެ ފަރާތުން ވާދަކުރުމަށް ނިންމާފައިވާތީ، މި މުބާރާތުގެ މެނޭޖްމަންޓް ކޮމިޓީ އެކުލަވާލުމަށްޓަކައި ޝައުޤުވެރިވާ ފަރާތްތަކަށް މި ފުރުޞަތު ހުޅުވާލަމެވެ.

ހުޅުވާލެވިފައިވާ މަޤާމުތައް:

  1. މެނޭޖަރ
  2. އެސިސްޓެންޓް މެނޭޖަރ
  3. ހެޑް ކޯޗް
  4. އެސިސްޓެންޓް ކޯޗް
  5. އެސިސްޓެންޓް ކޯޗް
  6. ކީޕަރ ޓްރެއިނަރ
  7. މެޑިކަލް އޮފިޝަލް
  8. އޮފިޝަލް
  9. އޮފިޝަލް
  10. އޮފިޝަލް

މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް:

  1. ޓީމުގެ ކޯޗް: ދަށްވެގެން އޭ.އެފް.ސީ "ސީ" ލައިސަންސް ލިބިފައިވުން.
  2. އެސިސްޓެންޓް ކޯޗް: އެފް.އޭ.އެމް "ޑީ" ސެޓްފިކެޓް ނުވަތަ އެފް.އޭ.އެމް އިން ޤަބޫލުކުރާ ސެޓްފިކެޓް ލިބިފައިވުން.
  3. މެޑިކަލް އޮފިސަރ: މެޑިކަލް ޓްރެއިނިންގ ކޯހެއް ފުރިހަމަކޮށްފައިވުން.

މީގެއިތުރުން، މެނޭޖްމަންޓް ކޮމިޓީގެ އެންމެހައި މެންބަރުންނަކީ ފުޓުބޯޅައަށް ޝައުޤުވެރިކަން ހުރި، އަދި ޓީމުގެ ފަރިތަކުރުންތަކާއި އެހެނިހެން ހަރަކާތްތަކަށް ވަގުތު ދެވޭނެ ބޭފުޅުންކަމުގައި ވާންޖެހޭނެއެވެ.

ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 2025 އޮކްޓޫބަރު 23 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން ފޯމު ފުރިހަމަކުރެއްވުން އެދެމެވެ.

އޮންލައިން ލިންކް: https://forms.office.com/r/YeinKYjQ0H

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                    

19 އޮކްޓޫބަރު 2025
ހޯދާ