ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ ފަހުކޮޅު އަދި 2026 ވަނަ އަހަރުގެ ކުރީކޮޅު އުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން، މިދިޔަ އަހަރެކޭ އެއްގޮތަށް ރަށުގައި ހުރެގެން ވެކްސިން ފުރިހަމަ ކުރުމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ.
އެހެން ކަމުން، އުމްރާއަށް ދިއުމަށް ގަސްތުކުރައްވާ ފަރާތްތަކުން، ފާއިތުވެދިޔަ 1 (އެކެއް) އަހަރު ދުވަހުގެ ތެރޭގައި ޕޯލިއޯ އަދި އިންފުލުއެންޒާ ވެކްސިން، ފާއިތުވި 3 (ތިނެއް) އަހަރު ދުވަހުގެ ތެރޭގައި މެނިންޖައިޓިސް ވެކްސިން ޖަހާފައި ނުވާނަމަ، އެ ފަރާތްތަކުން 23 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މަރުކަޒަށް ވަޑައިގެން ނުވަތަ ރަސްމީ ގަޑީގައި މި މަރުކަޒުގެ ފޯނު ނަންބަރަށް (6560609) ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
ވެކްސިން ޖަހަންޖެހޭ މުއްދަތު، ވެކްސިންގެ އަގު އަދި އެހެނިހެން މައުލޫމާތު ތިރީގައިވާ ތާވަލުގައި ހިމެނިފައިވާނެއެވެ.
| 
 އަގު  | 
 ދޭންޖެހޭ މުއްދަތު  | 
 ދޭގޮތް  | 
 ޑޯޒް  | 
 ވެކްސިން  | 
| 
 ޑޯޒަކަށް 30ރ  | 
 އަހަރަކު 1 ފަހަރު  | 
 އަނގަ އަށް  | 
 1 ޑޯޒް (2 ތިކި)  | 
 ޕޯލިއޯ ވެކްސިން  | 
| 
 ޑޯޒަކަށް 175ރ  | 
 5 އަހަރުން 1 ފަހަރު  | 
 މަސްގަނޑަށް  | 
 1 ޑޯޒް  | 
 މެނިންޖައިޓިސް ވެކްސިން  | 
| 
 ބޭސްފިހާރައިން ގަނެގެން  | 
 އަހަރަކު 1 ފަހަރު  | 
 މަސްގަނޑަށް  | 
 1 ޑޯޒް  | 
 އިންފުލުއެންޒާ ވެކްސިން  | 
