ދިވެހިރާއްޖެ
އިޢުލާން ނަންބަރު |
171-Y(FBM2)/IUL/2025/259 |
ފުލުހުންގެ ޚިދުމަތް އަތޮޅުތެރޭގައި ޤާއިމުކުރުމަށް ޕޮލިސް ސްޓޭޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:
މި ޚިދުމަތުން ދޭ މަޢުލޫމާތާއި އެއްގޮތަށް 36 ރަށެއްގައި ފުލުހުންގެ އިމާރާތްތައް ޤާއިމުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކުން، ބަޔާންކޮށްފައިވާ މަޢުލޫމާތާ އެއްގޮަތަށް ރަޖިސްޓްރީވުމަށް ދަޢުވަތު އަރުވަމެވެ.
ރަޖިސްޓްރީވުމަށް އެދޭފަރާތްތަކުން މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްްވުމަށްފަހު [email protected] އަށް އީ-މެއިލް ފޮނުވުމުން ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެއެވެ.
ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2025 އޮކްޓޫބަރު 20 ވަނަ ދުވަހުގެ 12:00 އެވެ.
- ރަޖިސްޓްރޭޝަން ފުރިހަމަކުރައްވާ ފަރާތްތަކަށް، ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2025 އޮކްޓޫބަރު 19 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
- ފޯން:9790053 9790052 /
އީމެއިލް: [email protected]