މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު ބަނދަރު ސަރަޙައްދުން ޕެޓްރޯލް އަދި ޑީސަލް ވިއްކުމަށް ބިން ދޫކުރުން

މުލަކަތޮޅު ދިއްގަރުގައި ބަނދަރު ސަރަޙައްދުން ޕެޓްރޯލް އަދި ޑީސަލް ވިއްކާނެ ޝެޑެއް ހަދައި އޮޕަރޭޓް ކުރުމަށް ޝައުޤު ވެރިވެލައްވާ ފަރާތްތަކަށް ބިން ކުއްޔަށް ދޫކުރުމަށް ހުޅުވައިލަމެވެ.  

ވީމާ، މި ކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތައް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން

2025  އޮކްޓޯބަރ 23 ވާ ބުރާސްފަތި ދުވަހުގެ 23.59 ގެ ކުރިން https://dhiggarucouncil.fillout.com/t/bZt2brCnMhus މެދުވެރިކޮށް ރަޖިސްޓްރީ ކުރުން

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރުމުގެ ފީ ކަމުގައިވާ 2،000.00 (ދެހާސް) ރުފިޔާ ދެއްކުމުންނެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރެވުނު ކަމުގައި ބެލެވޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވި ކަމުގެ ސްލިޕް ލިބުމުންނެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާ ފޯމް ކައުންސިލަށް ލިބުނުކަން ކަށަވަރު ކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށަހެޅުން

2025 އޮކްޓޯބަރ 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ޖަލްސާކުރާ މާލަމް ގައި

(ބީލަން ހުށައެޅުމުގެ ފުރުސަތު ދެވޭނީ، ބީލަން ހުށައެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.)

މިބީލަމާއި ގުޅޭ އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބުހުށަހެޅުއްވުމަށް ވަޑައިގެންނެވެންނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ.

17 އޮކްޓޫބަރު 2025
ހޯދާ