ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ބައު ތަކެތި ނީލަން ކިޔުން

ނީލަން ކިޔުން

މި ކުންފުނީގައި ހުރި ބައުވެފައިވާ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

ތަކެތީގެ ތަފްޞީލް:

-          ބިލްބޯޑް (ލެޑް ސްކްރީން)

ނީލަން ފެށޭ އަގު:

 125,429.66ރ. (އެއްލައްކަ ފަންސަވީސްހާސް ހަތަރު ސަތޭކަ ނަވާވީސް ރުފިޔާ ފަސްދޮޅަސް ހަ ލާރި) 

ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރު:

6,000ރ. (ހަހާސް ރުފިޔާ) 

މަޢުލޫމާތު ސާފުކުރުމާއި ތަކެތި ބެލުން:

2025 އޮކްޓޫބަރު 19 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

އަގު ހުށަހަޅާނެ ތާރީޚް: 

2025 އޮކްޓޫބަރު 21 ވާ އަންގާރާ ދުވަހުގެ 11:00 ގައި

ނީލަމުގައި ބައިވެރިވާ ފަރާތްތަކުން ހުށަހަޅަން ޖެހޭ ތަކެތި:

ހުށަހަޅުއްވާ އެންމެމަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ހުށަހަޅުއްވާ ނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ސިޓީ އުރައެއްގައި ބަންދު ކުރުމަށްފަހު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެއެވެ.

ތަކެތި ހުރި ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ / ހެޑް އޮފީސް

މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅާނެ ތަން:

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، މާލެ / ހެޑް އޮފީސް

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ފޯނު ނަންބަރު: 3338150325332/ 7 އަށެވެ.

 

ނޯޓް: 

      މި ނީލަމުގައި ބައިވެރިވުމަށް ފުރުޞަތު ލިބިދެވޭނީ، މި އިޢުލާނުގައި މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިގަންނަވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ. 

                                23 ރަބީޢުލްއާޚިރު 1447  

                                15 އޮކްޓޫބަރު   2025

15 އޮކްޓޫބަރު 2025
ހޯދާ