ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިޓީ ސްކުއަރ ތަރައްޤީކުރުމާއި ގުޅޭ

ހދ.ނޮޅިވަރަންފަރުގައި ސިޓީ ސްކުއަރ ތަރައްޤީ ކުރުމަށް، ކޮންސެޕްޓް ޑްރޯވިން، ޑީޓެއިލް ޑްރޯވިންގ އަދި ބީ.އޯ.ކިއު ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ކުރެހުން ތައްޔާރުކުރާއިރު ތިރީގައި ބަޔާންކޮށްފައިވާ ކަންތައްތައް ހިމަނަންވާނެއެވެ.

  1. ސިޓީ ސްކުއަރ ތަރައްޤީ ކުރުމައް ހަމަޖެހިފައިވާ ސަރަހައްދުގެ އިރު އުތުރު ކަނުގައި އެސެންބްލީ އޭރިއާއެއް ހިޔާކުރެވިފައި ހުންނަންވާނެއެވެ.
  2. ސިޓީ ސްކުއަރ މެދަށް ދިވެހިޖުމްހޫރިއްޔާގެ ޤައުމީ ދިދަ ޖަހާފައި ހުންނަންވާނެއެވެ. (ދިދަ ދަނޑީގެ ދިގު މިނުގައި 75 ފޫޓް)
  3. ލޭންޑް ސްކޭޕް ތަރައްޤީކުރާއިރު މިހާރު އެ ސަރަހައްދުގައި ހުރި ގަސްތައް ހިމަނަންވާނެއެވެ.
  4. ކޮންސެޕްޓް ޑްރޯވިންގ ކައުންސިލުން ފާސްކުރުމަށްފަހު، އެ ކޮންސެޕްޓާއި އެއްގޮތަށް އާކިޓެކްޗަރަލް ޑްރޯވިންގ، ސްޓްރަކްޗަރަލް ޑްރޯވިންގ އަދި ބީ.އޯ.ކިއު ތައްޔާރުކޮށްދޭން ވާނެއެވެ.  (ކޯޓޭޝަންގައި ކޮންސެޕްޓް ޑްރޯވިންގ ހުށަހެޅޭނެ ތާރީޚް އަދި ކޮންސެޕްޓް ޑްރޯވިންގ ފާސްވުމުން ޑީޓެއިލް ޑްރޯވިން އަދި ބީ.އޯ.ކިއު ހުށަހެޅޭނެ ތާރީޚް ބަޔާންކުރަންވާނެއެވެ.)

ނޯޓް: ސިޓީ ސްކުއަރ އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ މިނާއި ފޮޓޯ އެނެކްސް 1 ގައި އެވަނީއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 އޮކްޓޫބަރު 2025ގެ 14:00ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ކޯޓޭޝަން ފޮނުވުމަށް ދަންނަވަމެވެ.

            https://forms.cloud.microsoft/r/gmP5fay9Df

16 އޮކްޓޫބަރު 2025
ހޯދާ