ދިވެހިރާއްޖެ
ައުންސިލް ކަޕް 2025، ފުޓްބޯޅަ މުބާރާތުގެ މެޗްތައް ލައިވް ކޮށްދޭނެ ފަރާތެއް ހޯދުމުގެ ފުރުސަތު ހުޅުވާލުން
ޒުވާނުންނަށް ފުރުސަތު ހުޅުވާލައިގެން އަންހެން އަދި ފިރިހެން ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް "ކައުންސިލް ކަޕް 2025"،މިރަށުގެ މިނީސްޓޭޑިއަމްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ ލައިވް ކަވަރޭޖް ޕާރޓްނަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށައެޅުން އެދެމެވެ.
ލައިވްކުރަންޖެހޭ މެޗްތައް އަދި ރަސްމިއްޔާތުތަކުގެ ތަފްސީލް:
މެޗްގެ އަދަދު: 35
ރަސްމިއްޔާތު: ފެށުމުގެ އަދި ނިންމުމުގެ ރަސްމިއްޔާތު
މުބާރާތް ކުރިއަށްދާ މުއްދަތު: 24 އޮކްޓޯބަރ 2025 ން 07 ނޮވެމްބަރ 2025 އަށް
ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް:
- ކައުންސިލް ކަޕްގެ ހުރިހާ މެޗްތަކަކާއި ރަސްމިއްޔާތުތައް ކައުންސިލްގެ ޔޫޓިއުބް އަދި ފޭސްބުކްގައި ލައިވްކޮށްދިނުން.
- އިންޓަވަލް ގަޑިތަކުގައި ކައުންސިލުން ދޭ އިސްތިހާރުތައް ގެނެސްދިނުން.
- 3 ކެމެރާއަކުން ލައިވްކުރުން
- އަޑު ގެނެސް ދިނުން
- ސްކޯ ފެންނާނެހެން ރިޕްލައިތައް ދެއްކޭނެހެން ހެދުން
- ލައިވްކުރަން ބޭނުންވާ އިންޓަނެޓް ހަމަޖައްސަންވާނީ އަމިއްލައަށް
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ކޯޓޭޝަން (ވަކިން މެޗަކަށްވާ ރޭޓްތައް އެނގޭނެހެން ތަފްސީލްކޮށް) – ކޮންމެހެން ހުށަހަޅަންޖެހޭ
- ކުރިމަތިލާފަރާތުގެ ވަނަވަރު (ކުންފުނިގެ ރަޖިސްޓްރީކޮޕީ / އައިޑީކާޑު ކޮޕީ) – ކޮންމެހެން ހުށަހަޅަންޖެހޭ
- ތަޖުރިބާ (މިކަމާއި ގުޅުންހުރި މަސައްކަތްތައް ކޮށްފައިވާ ތަޖުރިބާ ލިޔުންތައް) – ބޭނުންނަމަ ހުށަހަޅަންޖެހޭ
ކޯޓޭޝަން ހުށަހަޅާނެ ގޮތް:
މުއްދަތު: 20 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން
ހުށަހަޅަންޖެހޭ ގޮތް: މެއިލް މެދުވެރިކޮށް
ހުށަހަޅަންޖެހޭ މެއިލް އެޑްރެސް: [email protected]
މަޢްލޫމާތު ސާފުކުރުމަށް:
ފާޠިމަތު އަނޫޝާ (ސެކްރެޓަރީ ޖެނެރަލް)
ފޯން ނަމްބަރު: 9643585
ވީމާ، ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އެންމެ، ރަނގަޅު ކޯޓޭޝަނެއް ކަނޑައެޅުމުގައި ކައުންސިލުން ބަލާނީ ކައުންސިލަށް އެންމެ އެކަށިގެންވާ އަގަކާއި އެފަރާތެއްގެ ތަޖުރިބާއާއި ކައުންސިލަށް އެންމެ ފައިދާހުރި (ޑިސްކައުންޓް) ހުށަހެޅުންތައް ހުށަހަޅާ ފަރާތްތަކުގެ ކޯޓޭޝަންއަކަށެވެ.
