ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ނައިވާދޫއަށް މެލޭޝިއާ ރުއް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

          މި އިދާރާގެ އިއުލާން ނަންބަރު (IUL)260-CA/260/2025/136 ( 06 އޮކްޓޯބަރު 2025 ) އާއި ގުޅިގެން އެއްވެސް ފަރާތަކުން ކޮޓޭޝަން ހުށަހަޅާފައިނުވާތީ، 2 ވަނަ ފަހަރަށް އިއުލާން ކުރަމެވެ.

          މި ކައުންސިލުންދޭ މަޢުލޫމާތާ އެއްގޮތަށް މިރަށަށް މެލޭޝިއާ ރުއް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވާތީ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ކޮޓޭޝަން ހުށަހެޅުމުގެ ފުރުޞަޠު ހުޅުވާލަމެވެ.  

              ވީމާ، މިމަސައްކަތަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޙުގައި ކޮޓޭޝަން ހުށަހެޅުއްވުންއެދެމެވެ.  

ކޮޓޭޝަން ހުށަހަޅަންވީ ތާރީޙް

ދުވަސް

ގަޑި

22 އޮކްޓޯބަރު 2025

ބުދަ

11:15

އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ގުޅުއްވާނީ 6520643 އަށެވެ.

 

  • މެލޭޝިއާ ރުއް ފޯރުކޮށްދިނުމުގެ މަސައްކަތު މަޢުލޫމާތު ހިމެނޭ ޝީޓެއް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

      ކޯޓޭޝަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި " ހދ.ނައިވާދޫ އަށް މެލޭޝިއާ ރުއް ފޯރުކޮށްދިނުން" މިހެން ލިޔެފައި އޮންނަންވާނެއެވެ. ކޯޓޭޝަން ހުޅުވުން އޮންނާނީ ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބާތިލް ކުރެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

16 އޮކްޓޫބަރު 2025
ހޯދާ