މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް 2025، ފުޓްބޯޅަ މުބާރާތުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ޕަރޓްނަރަކަށް ވުމުގެ ފުރުސަތު ހުޅުވާލުން

ކައުންސިލް ކަޕް 2025، ފުޓްބޯޅަ މުބާރާތުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ޕަރޓްނަރަކަށް ވުމުގެ ފުރުސަތު ހުޅުވާލުން

ޒުވާނުންނަށް ފުރުސަތު ހުޅުވާލައިގެން އަންހެން އަދި ފިރިހެން ޑިވިޝަންގެ ފުޓްބޯޅަ މުބާރާތް "ކައުންސިލް ކަޕް 2025"،މިރަށުގެ މިނީސްޓޭޑިއަމްގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތުގެ ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީ ޕާރޓްނަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށައެޅުން އެދެމެވެ.

ފޮޓޯ ގްރަފީ އަދި ވީޑިއޯ ގްރަފީ:

މެޗްގެ އަދަދު: 35

ފޮޓޯނަގަންޖެހޭ ރަސްމިއްޔާތު: ފެށުމުގެ އަދި ނިންމުމުގެ ރަސްމިއްޔާތު

މުބާރާތް ކުރިއަށްދާ މުއްދަތު: 24 އޮކްޓޯބަރ 2025 ން 07 ނޮވެމްބަރ 2025 އަށް

 

ކުރަންޖެހޭ މަސައްކަތުގެ ތަފްސީލް:

  • ކޮންމެ މެޗަކުން ސޯޝަލް މީޑިއާ އަށް ލުމަށް 15-20 ފޮޓޯ (އެޑިޓިންގ އާއިއެކު)
  • ޙާއްސަ މެޗްތަކުގެ އުސްއަލިތައް ހިމެނޭހެން ސޯޝަލް މީޑިއާ އަށް ލުމަށް ވީޑިއޯ ނުވަތަ ރީލް ހެދުން (30 ސިކުންތު)
  • ރީލް ހަދަންޖެހޭ މެޗްތައް: އަންހެން އަދި ފިރިހެން އޯޕެނިންގ މެޗް، ސެމީފައިނަލް އަދި ފައިނަލް މެޗްތައް
  • ސޯޝަލް މީޑިއާ ޕޯސްޓް: މެޗްގެ ރިޒަލްޓް ޕޯސްޓް ހަދައިދިނުން.
  • ވަގުތު: ކޮންމެ މެޗެއް ނިންމާ 30-50 މިނިޓް ތެރޭގައި މެޗްގެ ފޮޓޯތައް އަދި މެޗް ރިޒަލްޓް ޕޯސްޓް ކައުންސިލުން ހަމަޖައްސާ ފޯކަލް ޕޮއިންޓަކަށް ދޭންވާނެއެވެ. އަދި މެޗް ނިމޭތާ 03-05 ގަޑިއިރުގެ ތެރޭގައި ރީލް ފޮނުވައިދޭންވާނެއެވެ.
  • ކޮލިޓީ: ފޮޓޯ އަދި ވީޑިއޯ އަކީ ސާފު ރީތި އެޑިޓިންގ އަކަށް ވާންވާނެއެވެ.
  • ރަސްމިއްޔާތު ތަކުގައި ފޮޓޯ ނަގަންޖެހޭ އަދަދު:

އޯޕަނިންގ ސެރެމަނީ: 50-60 ފޮޓޯ

ކްލޯސިންގ: 100+

އިތުރު ތަފްސީލް: މެޗްތަކުގެ އަދި ރަސްމިއްޔާތުތަކުގެ ފޮޓޯ ބުނެފައިވާ އަދަދު ތަކުގެ އިތުރަށްވެސް ކައުންސިލުން އެދިއްޖެނަމަ އެޑިޓް ނުކޮށް ވިޔަސް ފޮޓޯތައް ދޭންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ކޯޓޭޝަން (ވަކިން މެޗަކަށްވާ ރޭޓްތައް އެނގޭނެހެން ތަފްސީލްކޮށް) – ކޮންމެހެން ހުށަހަޅަންޖެހޭ
  • ކުރިމަތިލާފަރާތުގެ ވަނަވަރު (ކުންފުނިގެ ރަޖިސްޓްރީކޮޕީ / އައިޑީކާޑު ކޮޕީ) – ކޮންމެހެން ހުށަހަޅަންޖެހޭ
  • ތަޖުރިބާ (މިކަމާއި ގުޅުންހުރި މަސައްކަތްތައް ކޮށްފައިވާ ތަޖުރިބާ ލިޔުންތައް) – ބޭނުންނަމަ ހުށަހަޅަންޖެހޭ

 

ކޯޓޭޝަން ހުށަހަޅާނެ ގޮތް:

މުއްދަތު: 20 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 14.00 ގެ ކުރިން

ހުށަހަޅަންޖެހޭ ގޮތް: މެއިލް މެދުވެރިކޮށް

ހުށަހަޅަންޖެހޭ މެއިލް އެޑްރެސް: [email protected]

 

މަޢްލޫމާތު ސާފުކުރުމަށް:

ފާޠިމަތު އަނޫޝާ (ސެކްރެޓަރީ ޖެނެރަލް)

ފޯން ނަމްބަރު: 9643585

ވީމާ، ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އެންމެ، ރަނގަޅު ކޯޓޭޝަނެއް ކަނޑައެޅުމުގައި ކައުންސިލުން ބަލާނީ ކައުންސިލަށް އެންމެ އެކަށިގެންވާ އަގަކާއި އެފަރާތެއްގެ ތަޖުރިބާއާއި ކައުންސިލަށް އެންމެ ފައިދާހުރި (ޑިސްކައުންޓް) ހުށަހެޅުންތައް ހުށަހަޅާ ފަރާތްތަކުގެ ކޯޓޭޝަންއަކަށެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

16 އޮކްޓޫބަރު 2025
ހޯދާ