ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް – 1447 ގައި އިންސާފުކުރާނެ ފަނޑިޔާރުން ހޯދުމާއި ގުޅޭ

     މިކައުންސިލް އިން މިއަހަރު 'މަޑަވެލި ކައުންސިލް ޤުރުއާން މުބާރާތް – 1447' ގެ ނަމުގައި 6 ނޮވެމްބަރ 2025 ގައި މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ޤުރްއާން މުބާރާތުގައި ފަނޑިޔާރުކަން ކުރާނެ 3 (ތިނެއް) ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 23 އޮކްޓޫބަރ 2025 ގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގަލް ލިންކް ފުރުއްވުން އެދެމެވެ.

    ގޫގަލް ލިންކް: https://forms.gle/cCn3uZfCanxx7Jpc8

    އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި ކައުންސިލް އިދާރާގެ ހޮޓްލައިން ނަމްބަރ: 9356677 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 އޮކްޓޫބަރު 2025
ހޯދާ