ދިވެހިރާއްޖެ
ިންކް ރިބަން ރަން/ވޯކް 2025 ގެ ނަމުގައި، ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ބެންކް އޮފް މޯލްޑިވްސް ގުޅިގެން އަހަރަކު އެއްފަހަރު އުރަމަތީގެ ކެންސަރަށް ދިވެހިންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ޙަރަކާތްތަކެއް، ރާއްޖޭގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ބޭނުންވެއެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 18 އޮކްޓޯބަރ 2025 ވާ ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށެވެ.މިހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ ހޯނޑެއްދޫ ހެލްތް ސެންޓަރުގެ ކުރިމަތިންނެވެ.
މި ޙަރަކާތްތަކުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބިބްސް ލިބޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މިހަރަކާތުން ލިބޭ ފަންޑް ބޭނުންކުރެވޭނީ ކެންސަރ ސްކްރީނިންގ ޕްރޮގްރާމްތަކަށާއި، ކެންސަރ ސޮސައިޓީގެ ހަރަކާތްތައް ހިންގުމަށްކަމުގައިވެސް ދަންނަވަމެވެ. ބިބްގެ އަގަކީ -/50ރ (ފަންސާސް ރުފިޔާ) އެވެ. މި ބިބްތައް ބައްލަވައިގަތުމަށް ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިމިވާ އެކައުންޓަށް ފައިސާ ޖަމާކުރެއްވުމަށްފަހު 9399066 އަށް ޕޭމަންޓް ސްލިޕް ވައިބަރ ކޮށްދެއްވުން އެދެމެވެ. ފައިސާ ޖަމާކުރައްވާއިރު ޕޭމަންޓް ސްލިޕްގައި ނަމާއި އައިޑީ ކާޑު ނަންބަރ ޖެއްސެވުން އެދެމެވެ.
އެކައުންޓް ނަންބަރ: 7730000588834
އެކައުންޓްގެ ނަން: ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް
ވީމާ، ހޯނޑެއްދޫގައި ދިރިއުޅުއްވާ އެންމެހާ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
