މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
މެޖިސްޓްރޭޓް ކޯޓުތަކަށް ޑޭޓާ އެންޓްރީ މުވައްޒަފުން ހޯދުން

އިޢުލާން

މެޖިސްޓްރޭޓް ކޯޓުތަކަށް ޑޭޓާ އެންޓްރީ މުވައްޒަފުން ހޯދުން

             މިބިއުރޯ، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަދި ޔޫ.އެން.އެފް.ޕީ.އޭއާއި ގުޅިގެން މިވަގުތު ކޯޓުތަކުގައި ގާއިމް ކުރެވިފައިވާ ރަޖިސްޓްރީތައް އަދާހަމަކޮށް މިރަޖިސްޓްރީތަކުގެ ކޮލިޓީ ޗެކްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް މިއަހަރުވަނީ ރޭވިފައެވެ. މިކަމާއި ގުޅިގެން މިއަހަރު އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކައިވެނި އަދި ވަރީގެ މައުލޫމާތު ފުރިހަމަކޮށް ފޮތްތަކުގައި އެންޓްރީކުރެވިފައިވާ މައުލޫމާތު ޑިޖިޓަލައިޒްކޮށް ނިންމުމެވެ.

             މިގޮތުން މިމަސައްކަތައް އެހީތެރިވެ ދިނުމުގެ ގޮތުން މިބިއުރޯގެ ފަރާތުން 7 މެޖިސްޓްރޭޓް ކޯޓަކަށް 13 ޑޭޓާ އެންޓްރީ މުވައްޒަފުން ނެގުމަށްވަނީ ހަމަޖެހިފައެވެ. މިމަސައްކަތުގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލްކޮށްފައިވާ އަދި އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ.

             މިމަސައްކަތަށް ހޮވޭ ފަރާތްތަކަށް މަސައްކަތްކުރަންވީގޮތް މިބިއުރޯ އަދި ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކިޔާދޭނެއެވެ. ތިރީގައި އެވަނީ މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތަފްސީލް އަދި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސާ އެޕްލިކޭޝަނަށް ކައިވެންޏާއި ވަރީގެ ރެކޯޑުތައް އެޅުމާއި، ރެކޯޑުތައް އަދާހަމަކުރުމާ ގުޅޭ މަސައްކަތްތައްކުރުން.
  2. މިމަސައްކަތާ ގުޅިގެން ޑިޕާޓްމަންޓުން އަންގާ ރަސްމީ މަސައްކަތްތައްކުރުން.

މެޖިސްޓްރޭޓް ކޯޓު

މުވައްޒަފުންގެ އަދަދު

މުއްދަތު

ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓު

3 މުވައްޒަފުން

3 މަސް

ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު

3 މުވައްޒަފުން

2 މަސް

ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓު

3 މުވައްޒަފުން

2 މަސް

ހއ. އިހަވަންދޫ މެޖިސްޓްރޭޓް ކޯޓު

1 މުވައްޒަފު

2 މަސް

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓު

1 މުވައްޒަފު

2 މަސް

ރ. ދުވާފަރު މެޖިސްޓްރޭޓް ކޯޓު

1 މުވައްޒަފު

2 މަސް

ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓު

1 މުވައްޒަފު

2 މަސް

             މިމަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް މަސައްކަތްކުރާ ކޮންމެދުވަހަކަށް ދިނުމަށް ހަމަޖެހިފައިވަނީ 300.00 ރުފިޔާއެވެ. އަދި ދުވާލަކު މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ލަންޗް ބްރޭކް ނުހިމަނައި 5 ގަޑިއިރެވެ. އެއީ ރަސްމީ ގަޑި 8:00 އިން 14:00އަށެވެ.

             މިކަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން https://forms.gle/umDssAkXARijkaSQ8 ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 23 އޮކްޓޯބަރ 2025ގެ 14:00ގެ ކުރިން ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާއިބެހޭ އިތުރު މަޢުލޫމާތު 3008400 ނުވަތަ 3008408 އިން ލިބިވަޑައިގަންނަވާނެއެވެ.

…………………………………………………………………

 

 

16 އޮކްޓޫބަރު 2025
ހޯދާ