ރެހެންދި ސްކޫލް/ހުޅުމާލެ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ފެބްރުއަރީ / މާރިޗު މަހު ބާއްވާ ކެމްބްރިޖު އިމްތިޙާން ތަކަށް ޗީފް އިންވިޖިލޭޓަރެއް ހޯދުން

އިޢުލާނު

2026 ވަނަ އަހަރު ފެބްރުއަރީ / މާރިޗު މަހު ބާއްވާ ކެމްބްރިޖު އިމްތިޙާން ތަކަށް ޗީފް އިންވިޖިލޭޓަރެއް ހޯދުން

2026 ވަނަ އަހަރު ފެބްރުއަރީ / މާރިޗު މަހު ބާއްވާ ކެމްބްރިޖު އިމްތިޙާންތައް ބެލެހެއްޓުމަށްޓަކައި ޗީފް އިންވިޖިލޭޓަރެއް ބޭނުން ވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކަނޑައެޅިފައިވާ ފޯމް ފުރިހަމަ ކުރުމަށްފަހު ރެހެންދި ސްކޫލަށް ހުށަހެޅުން އެދެމެވެ.

 

ބޭނުންވާ އަދަދު

ޗީފް އިންވިޖިލޭޓަރ

01

މަސައްކަތް ކުރިއަށް ދާނެ މަސްތައް

28 ޖަނަވަރީ 2026 ން 6 މާރިޗު 2026 އަށް

އުޖޫރަ:

ޗީފް އިންވިޖިލޭޓަރ ( މަސައްކަތް ކުރާ ކޮންމެ ސެޝަނަކަށް -/300ރުފިޔާ

ޝަރުތު

- ޗީފް އިންވިޖިލޭޓަރ ކަމުގެ ތަމްރީން ފުރިހަމަ ކޮށްފައިވުން

- ދިވެހި ރައްޔިތަކަށްވުން

- ޖީސީއީ އޯލެވެލް ފެންވަރަށް ދިވެހި ބަހާއި އިނގިރޭސި ބަސް އެނގޭ މީހަކަށްވުން

- އިމްތިހާންގެ ކެންޑިޑޭޓެއް ކަމުގައި ނުވުން

- އިމްތިހާން ގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ،ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިއެއް، ދެބޭންގެ ދެދަރި ކުއްޖެއް ، މާމަ ކާފަ ދަރިއެއް، އެއްބަޑު ނުވަތަ އެއްބަފާ މީހެއް، ބަލަދުވެރިކަމުގެ ދަށުގައިވާ މީހެއް، އެއްބަޑު އެއްބަފާ މީހެއްގެ ދަރިއެއް އަދި ތިމާ އުޅޭ ގޭގައި އުޅޭ ކުއްޖެއް ކަމުގައިނުވުން

މަސްއޫލިއްޔަތު

އިމްތިހާން އޮންނަ ގަޑިތަކުގައި ޗީފް އިންވިޖިލޭޓަރގެ ހައިސިއްޔަތުން އެގްޒާމް ހޯލް ބެލެހެއްޓުމާއި އަދި މިނޫނަސް މިކަމާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ޑީޕީއީ އިން އަންގާގޮތެއްގެ މަތިން ކުރުން

ހުށަހަޅަންޖެހޭ ތަކެތި

ޗީފް އިންވިޖިލޭޓުކަން ކުރުމަށް އެދޭ ފޯމް

ތައުލީމީ ރޮނގުން ލިބިފައިވާ އެންމެ މަތީ ސެޓްފިކެޓްގެ ކޮޕީ

ވަނަވަރު

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ

ބޭންކް އެކައުންޓް ނަންބަރު ކަށަވަރު ކުރާނެ ލިޔުން

ސުންގަޑި

2025 އޮކްޓޫބަރ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

ޝައުގުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ހުށަހަޅުންވާނީ ރެހެންދި ސްކޫލަށް ނުވަތަ އީ-މެއިލް [email protected] ށެވެ.

- މިކަމާ ގުޅޭ ފޯމް މިސްކޫލްގެ ކައުންޓަރުން ލިބެންހުންނާއެވެ.

- އިތުރު މައުލޫމާތު ހޯއްދެވުމަށް 3359901 ގުޅުއްވުން އެދެމެވެ.

 

24 ރަބީޢުލްއާޚިރު 1447

16 އޮކްޓޫބަރު 2025
ހޯދާ