ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނިއެންދުމަށް ތައްޔާރުކުރާ ހޮނޑު ހެދުން

 

އިޢުލާން

ނަންބަރ:

 (IUL)421/ESMSED/421/2025/49

ތާރީޚް

‏ 24 ރަބީޢުލްއާޚިރާ 1447

 16 އޮކްޓޯބަރ 2025

ކުނިއެންދުމަށް ތައްޔާރުކުރާ ހޮނޑު ހެދުން

            ގދ.ވާދޫ ކުނިމެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ފެށުމަށްޓަކާ އެސެންޓަރުގައި ކުނިއެންދުމަށް ހެދުމަށް ހަމަޖެހިފައިވާ ހޮނޑު ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

           ވީމާ،އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް [email protected] އަށް ފޮނުވާ، ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު،ކަނޑައެޅިފައިވާ ސުންގަޑިޔަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.

          މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު  ކަރުދާހާއި، ބީލަންހުށަހަޅާ ފޯމް،ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމް އަދި ކުރެހުން މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.

އަންދާސީ ހިސާބް ހުށަހެޅުމާބެހޭ

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި

26 އޮކްޓޯބަރ 2025

އާދީއްތަ

14:00

އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ

30 އޮކްޓޯބަރ 2025

ބުރާސްފަތި

13:00

 

          އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. 

 

 

 

                                                                ޙަސަން ޢަބްދުﷲ

                                                               ކައުންސިލްގެ ރައީސް

16 އޮކްޓޫބަރު 2025
ހޯދާ