މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މި މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ފޮރިން ލޭބަރގެ މަސައްކަތް ހިނގަމުންދާ އިމާރާތްކަމަށްވާ ހ.ޕަމޭލިއާގެ (ވޯޓަރފްރަންޓް ބިލްޑިންގ) 3 ވަނަ ފަންގިފިލާގައި މިނިސްޓްރީން ދޭ ކުރެހުމާއި އެއްގޮތަށް އޮފީސް ސެޓަޕްހެދުމާއި ކަރަންޓު އަދި ނެޓުވޯކްގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
މި މިނިސްޓްރީގެ ނަންބަރު (IUL)10-F/10/2025/136 (28 އޯގަސްޓް 2025) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އެއްވެސް ބިޑެއް މި މިނިސްޓްރީން ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް ދެވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 20 އޮކްޓޫބަރ 2025 ވާ ހޯމަ ދުވަހުގެ 10:00 ގައި ހ. ޕަމޭލިއާގެ (ވޯޓަރފްރަންޓް ބިލްޑިންގ ( މި ބިލްޑިންގ ހުންނާނީ ބޮޑުތަކުރުފާނު މަގު / ކޯސްޓް ގާޑް އިމާރާތާއި ޖެހިގެން) ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 27 އޮކްޓޯބަރ 2025 ވާ ހޯމަ ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ އެންޑް ޓެކްނޮލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
15 އޮކްޓޫބަރު 2025
ހޯދާ