ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެސިސްޓެންޓް އެކައުންޓް އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

މަޤާމު:

އެސިސްޓެންޓް އެކައުންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

------

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ

މަޤާމުގެ ރޭންކު:

ޖީ. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް -01

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ފ. އަތޮޅު ހޮސްޕިޓަލް

މުސާރާ:

-/4,465 ރުފިޔާ

ސާރވިސް އެލަވަންސް:

-/1,500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
  3. މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކު ހަމަޖެހިފައިޥާ އުސޫލުން ރިސްކް އެލަވަންސް.
  4. ސަޕޯޓިންގ ކޯއެލަވަންސްގެ ގޮތުގައި މަހަކު -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ފ. އަތޮޅު ހޮސްޕިޓަލުގެ ބަޖެޓާއި ބަޖެޓާއި ނުބެހޭ ބައިން ނަގަންޖެހޭ ފައިސާ ނަގައި ޙަވާލުކުރަންޖެހޭ ފަރާތްތަކާއި ޤަވާއިދުން ޙަވާލުކުރައްވައި ބެލެހެއްޓުން.
  2. ކޮންމެ މަހެއްނިމުމުން ރިޕޯޓްތައް ތައްޔާރުކުރުވައި ރިޕޯޓްތައް ފޮނުވަންޖެހޭ ތަންތަނަށް ފޮނުވައި ބެލެހެއްޓުން.
  3. ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުވައި އެކަމާގުޅޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުވައި ބަޖެޓް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުން.
  4. ބަޖެޓާއި، ބަޖެޓާއި ނުބެހޭ ފައިސާގެ ބިލްތަކާއި ފޮތްތައް މަހުންމަހަށް ރައްކާތެރިކަމާއި އެކު ބެލެހެއްޓުން.
  5. ބަޖެޓުން އުނިކުރާ ފައިސާ އާއި އިތުރުކުރާ ފައިސާ އަދި އެއްބައިން އަނެއްބަޔަށް ބަދަލުކުރާ ފައިސާގެ ކަންތައްތައް ބެލެހެއްޓުން.
  6. އަތޮޅު ހޮސްޕިޓަލުން ކުރާ ރަސްމީދަތުރުތަކާއި، ކުލިދޭގޮތަށްދޭ ކުރާ ދަތުރުތަކާއި، އެނޫންވެސް ދަތުރުތަކުގެ ފައިސާ އާއި ބެހޭ ކަންތައްތައް ބެލެހެއްޓުން.
  7. ބަޖެޓާއި / ބަޖެޓާއި ނުބެހޭ ބަޔަށް ޖަމާކުރާ ޞިއްޙީދާއިރާގެ ފައިސާއާއި އެހެނިހެން ގޮތްގޮތުން ފޮނުވަންޖެހޭ ފައިސާ ފޮނުވުމާއި، އެފައިސާގެ ރިޕޯރޓްތައް ހޯދާ ބެލެހެއްޓުން.
  8. އަތޮޅު ހޮސްޕިޓަލުގެ ރަޖިސްޓްރީގައި ހުރި އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ އަހަރީފީއާއި ޓްރާންސްމިޓޭޝަން ލައިސަންސްފީ ކަމާއި ގުޅޭ މުވައްޒަފުއެދުމުން ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުން .
  9. ކޮންމެހެން ކުރަންޖެހޭ ޚަރަދުތަކަށް ބަޖެޓަށް ހޯދަންޖެހޭ ފައިސާ ހޯދައި އެމަސައްކަތް ކުރުވައި ބެލެހެއްޓުން.
  10. ބަޖެޓް ސެކްޝަނުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ،މެސެޖް ރިޕޯރޓް ފަދަ ތަކެތި ލިޔެ އެފަދަ ތަކެތި ޙަވާލުކުރުމާއި، ފައިލްކުރަންޖެހޭ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  11. އަތޮޅު ހޮސްޕިޓަލްގެ ބަޖެޓާއި، ބަޖެޓާއިނުބެހޭ އެކައުންޓްގެ ފައިސާގެ ޗެކް ފޮތްތަކާއި، ތިޖޫރީގެ 2 ތަޅުދަނޑިއާއި، ކޮމްބިނޭޝަން ކާޑް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  12. ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ރަސްމީގަޑީގައި ވީހާގިނަވަގުތު މަސައްކަތުގައި ހޭދަކުރުމާއި، ދުވަހުން ދުވަހަށް މަސައްކަތްތައް ނިންމުމަށް މަސައްކަތްކުރުމާއި، ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް ފަރުވާތެރިކަމާއެކު ވީހާ ރަގަޅަކަށް އަދާކުރުމާއި ބެލެހެއްޓުން.
  13. ފައިސާއާއިބެހޭ ހުރިހާ މުޢާމަލާތެއް ކުރުމުގައި ސަރުކާރުގެ މުދަލާއި ފައިސާބެލެހެއްޓުމުގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުން.
  14. ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒުކޮށް ބެލެހެއްޓުމާއި ހަވާލުކުރެވިފައިވާ މަސައްކަތާއި މަސްއޫލިއްޔަތު މުވައްޒަފު އަދާކުރޭތޯބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ، މުވައްޒަފަކު ޗުއްޓީ ނަގާނަމަ މުވައްޒަފުގެ މަސައްކަތް ކުރެވޭނެ މުވައްޒަފަކު ނުވަތަ އިންތިޒާމް ހަމަޖެއްސުން .
  15. ސިއްޙީ އެމަރޖެންސީތަކާއި ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
  16. މީގެ އިތުރުންވެސް ހޮސްޕިޓަލުން އަންގާ ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުން.
  1. ޞިއްޙީ އެމަރޖެންސީތަކާ، ޕެންޑާމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއް ފެންވަރެއްގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކްނަޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
  2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތައުލީމީ ރޮނގުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

އެކައުންޓިންގ

ފައިނޭންސް

ޕްރިފަރޑް ޑިސިޕްލިން ތައް:

ނެތް.

ކޯ ޑިސިޕްލިން ތައް:

ނެތް.

މި މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

އެކައުންޓިން

ފައިނޭންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުންނާއި މިހޮސްޕިޓަލްގެ އިދާރީ އޮފީހުގެކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

 (ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިންhttps://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)   ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކްފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ (12:00) ގެ ކުރިން، (ފ. އަތޮޅު ހޮސްޕިޓަލް) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އިމްތިޙާން އޮންނާނީ (01 ނޮވެމްބަރ 2025) އާއި (07 ނޮވެމްބަރ 2025) އާ ދެމެދު، (ފ. އަތޮޅު ހޮސްޕިޓަލް) ގައެވެ.

 

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓު)  އާންމުކޮށް ފެންނާނެހެން ހޮސްޕިޓަލްގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6740086)އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

15 އޮކްޓޫބަރު 2025
ހޯދާ