ދިވެހިރާއްޖެ
1- މިރަށު ބަނދަރަށް ފެން ފޯރުކޮށްދޭ ޕަންޕް ބަހައްޓާފައިވާ ތަން ބަދަލުކުރަން ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރ (IUL)322-EP/322/2025/48 (2025/10/06) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ވަރަށް ކޯޓޭޝަން ހުށަހަޅާފައި ނުވާތީ މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
2- މިމަސައްކަތަށް ބޭނުންވާ މަޢުލޫމާތު ޝީޓު މިއިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
3- މިމަސައްކަތް ކުރުމަށްފަހު ތަން ރަގަޅަށް ސާފުކޮށް އެންމެހާ ކުނިބުނި ނައްތާލަންވާނެއެވެ.
4- ކޯޓޭޝަންގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ކުންފުނި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީ ކޮޕީއެއް ހުށަހަޅަންވާނެއެވެ.
5- ދައުލަތުގެ މާލިއްޔަތު ޤަވައިދުގާ ބަޔާންކުރާ ' ކްލޯޒް ރިލޭޓިވް ' ނުވަތަ ' ކްލޯޒް އެސޯސިއޭޓް' އެއްކަމަށްވާ ފަރާތެއް މިއިދާރާގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރާނަމަ އެކަމުގެ މަޢުލޫމާތު ކޯޓޭޝަންގައި ހިމަނަންވާނެއެވެ.
6- ކޯޓޭޝަން ހުށަހަޅާނީ 20 އޮކްޓޫބަރ 2025 ވާ ހޯމަ ދުވަހު 12:00 ގެ ކުރިން މިއިދާރާއަށެވެ.