ދިވެހިރާއްޖެ
އިޢުލާނު
ވަޒީފާގެ ފުރުޞަތު:
|
މަޤާމް: |
ޕެރަލީގަލް (އެމް. އެސް. 1) |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
ޔުނިޓް / ސެކްޝަން: |
ލީގަލް ސަރވިސް ޔުނިޓް |
|
ބޭސިކް މުސާރަ: |
މަހަކު 5610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
|
ސަރވިސް އެލަވަންސް: |
މަހަކު 2000.00 (ދެހާސް ރުފިޔާ) (މި އެލަވަންސް ދެވޭނީ އޮފީހުގެ މަސައްކަތަށް ހާޒިރުވާ ދުވަސްތަކަށެވެ.) |
|
ލިވިންގ އެލަވަންސް: |
މަހަކު 3000.00 (ތިންހާސް ރުފިޔާ) |
|
ޚާއްޞަ އެލަވަންސް: |
މުސާރައިގެ %45 |
|
އޯވަރ ޓައިމް އެލަވަންސް: |
އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |
|
ވަޒީފާގެ ބާވަތާއި މުއްދަތު: |
ކޮންޓްރެކްޓް 1 (އެކެއް) އަހަރު ދުވަސް (މުވައްޒަފުގެ ޚިިދުމަތް ކޮމިޝަނަށް އިތުރަށް ބޭނުންވާނަމަ، މުއްދަތު އިތުރުކުރުމުގެ ފުރުޞަތު އޮންނާނެއެވެ.) |
|
މަސައްކަތުގެ ވަގުތު: |
ކޮމިޝަނުގެ އިދާރާގެ ރަސްމީ ގަޑިއާއި ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރަން ޖެހިއްޖެނަމަ، މަސައްކަތް ކުރާގޮތަށް. |
|
ފެންވަރު ނުވަތަ ޝަރުޠު: |
1- ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 2- އުމުރުން 45 އަހަރުން ދަށުގެ މީހެއްކަމުގައިވުން. 3- ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީގައި އެމީހެއްގެ ނަން ހިމެނިފައިވާނަމަ، ވަޒީފާއަށް ހޮވުމުން ޕާޓީން ވަކިވުން. |
|
އެހެނިހެން ޝަރުޠު: |
|
|
މަޤާމުގެ މަސްއޫލިއްޔަތު: |
- ކޮމިޝަނުން އެކިއެކި ފަރާތްތަކާއެކު ކުރެވޭ އެގްރީމެންޓްތަކާއި އެކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ރެކޯޑުތައް ބެލެހެއްޓުން. - ކޮމިޝަނާ ގުޅުންހުރި ޤާނޫނުތައް ތަޞްދީޤުކުރުމަށްޓަކައި ކުރެވޭ އިދާރީ މަސައްކަތްތައް ކުރުމާއި، ކޮމިޝަނުގެ މައްޗަށް ޝަރުޢީ ކޯޓުތަކުގައި ކުރެވޭ ދަޢުވާއާއި ކޮމިޝަނުން ޝަރުޢީ ކޯޓުތަކުގައި ކުރާ ދަޢުވާއާ ގުޅުންހުރި އެންމެހައި އިދާރީ މަސައްކަތްތައް ކުރުން. - ކޮމިޝަނަށް ބޭނުންވާ ޤާނޫނީ ލަފާދިނުމާބެހޭ އިދާރީ މަސައްކަތްތައް ކުރުން. - އިންތިޚާބުތަކާ ގުޅިގެން ކޮމިޝަނުގެ ލީގަލް އެފެއާޒް އެންޑް ޕޮލިޓިކަލް ޕާޓީ ރެގިއުލޭޝަން ސެކްޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. |
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
- ވަޒީފާއަށް އެދި ހުށަހަޅާ މަޢުލޫމާތު ފޯމު. - ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ. (ޖީ. ސީ. އީ. އޭލެވެލް، ޖީ. ސީ. އީ. އޯ ލެވެލް، އެސް. އެސް. ސީ.، އެޗް. އެސް. އެސް. ސީ. ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.) - ދާއިރާގެ މަސައްކަތާ ގުޅޭގޮތުން ހަދާފައިވާ ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ އެޓެސްޓެޑް ކޮޕީ. - ވަޒީފާގައި އުޅޭނަމަ ނުވަތަ އެއްވެސް ތަނެއްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާނަމަ، ތަޖުރިބާގެ މުއްދަތު އެނގޭގޮތަށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. - ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) |
|
ސުންގަޑި: |
މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 8 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
އިތުރު މަޢުލޫމާތު: |
- ފޯމު ބަލައިގަތުމަށްފަހު، ސައްޙަ ނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ، އެ ފޯމެއް ބާާާޠިލްކުރެވޭނެއެވެ. - މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. ޝޯޓްލިސްޓުވާ ފަރާތްތަކުން، އިންޓަރވިޔުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަންވާނެއެވެ. - މި މަޤާމަށް ހަމަޖެހޭ ފަރާތް، ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާނަމަ، އިންޓަވިޔުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ލިބިފައިވާ މާކުހުގެ ތަރުތީބުން އެންމެ އެކަށީގެންވާ ފަރާތަށް ފުރުޞަތު ދެވޭނެއެވެ. - ވަޒީފާއަށް އެދި ހުށަހަޅާ ފޯމު، މި ކޮމިޝަނުގެ ރިސެޕްޝަނުން (ޕޯޓް ކޮމްޕްލެކްސް އިމާރާތުގެ 5 ވަނަ ފަންގިފިލާއިން) ލިބެން ހުންނާނެއެވެ. އަދި މި ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ. |
8 މުޙައްރަމް 1436
