ދިވެހިރާއްޖެ
އިޢުލާން
ރުއްގަހުގެ ބަދަލުދިނުމާއި ގުޅޭ
ތ. ދިޔަމިގިލީގައި "ރިންގް ރޯޑް" ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ޢާންމު ރައްޔިތުންގެ ބައެއް ރުއްގަސް ނަގަންޖެހޭތީ، މިކަމާ ގުޅިގެން ދަންނަވަމެވެ.
ރަށުގެ ވަށައިގެން ރިންގް ރޯޑް އެޅުމުގެ މަޝްރޫޢު ކުރިޔަށް ދާއިރު، ސްކޫލުގެ ހުޅަނގު ދެކުނު ފަރާތުން ފެށިގެން ގޯނބިލިމާގެއާ ހަމައަށް ހުޅަނގު ފަރާތުގައި މަގު ހެދުމަށް ހަމަޖެހިފައިވާތީ، އެ ސަރަހައްދުގައި ރަތްދަވާދުން 1-28 އަށް ނަންބަރު ޖަހާފައިވާ އާންމު ރައްޔިތުންގެ ރުއްގަހުގެ ބަދަލު ހަމަޖެއްސުމަށްޓަކައި، އެރުއްގަހުގެ ވެރިފަރާތްތަކުން ރުއްގަހުގެ މަޢުލޫމާތު 19 އޮކްޓޯބަރ 2025 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލް އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ހުށަހަޅުއްވާއިރު އަންނަނިވި ތަފްސީލުތައް ހިމެނުއްވުން އެދެމެވެ.
ހ. ރުއްގަސް ހުރި ސަރަހައްދު ނުވަތަ،
ށ. ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނުވަތަ،
ނ. ރުއްގަހުގެ ނަންބަރު އެނގެން ނެތްނަމަ، އެ ރުއްގަހަކީ އެފަރާތެއްގެ މިލްކެއްކަން ސާބިތުކޮށްދޭ ދެ ހެކިންގެ މަޢުލޫމާތު
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ހުށަނާޅުއްވާ ފަރާތްތަކަށް ރުއްގަހުގެ ބަދަލު ހަމަޖައްސައި ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
23 ރަބީޢުލްއާޚިރު 1447 ހ