ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިހާތަނަށް ނެގިފައިވާ ރުއްގަހުގެ ބަދަލު ދިނުމާއި ގުޅޭ

އިޢުލާން

މިހާތަނަށް ނެގިފައިވާ ރުއްގަހުގެ ބަދަލުދިނުމާއި ގުޅޭ

ތ. ދިޔަމިގިލީގައި "ރިންގް ރޯޑް" ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ޢާންމު ރައްޔިތުންގެ ބައެއް ރުއްގަސް ނަގަންޖެހޭތީ، މިކަމާ ގުޅިގެން ދަންނަވަމެވެ.

ރަށުގެ ވަށައިގެން ރިންގް ރޯޑް އެޅުމުގެ މަޝްރޫޢު ކުރިޔަށް ދާއިރު، އެމަސައްކަތުގެ ތެރެއިން މިހާތަނަށް ނެގިފައިވާ އާންމު ރައްޔިތުންގެ ރުއްގަހުގެ މަޢުލޫމާތު، (އެރުއްގަހުގެ ބަދަލު ހަމަޖެއްސުމަށްޓަކައި) ރުއްގަހުގެ ވެރިފަރާތްތަކުން 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލްގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ހުށަހަޅުއްވާއިރު އަންނަނިވި ތަފްސީލުތައް ހިމެނުއްވުން އެދެމެވެ:

ހ. ރުއްގަސް ހުރި ސަރަހައްދު ނުވަތަ،

ށ. ރުއްގަހުގައި ޖަހާފައިވާ ނަންބަރު ނުވަތަ،

ނ. ރުއްގަހުގެ ނަންބަރު އެނގެން ނެތްނަމަ، އެ ރުއްގަހަކީ އެފަރާތެއްގެ މިލްކެއްކަން ސާބިތުކޮށްދޭ ދެ ހެކިންގެ މަޢުލޫމާތު

 

ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޢުލޫމާތު ހުށަނާޅުއްވާ ފަރާތްތަކަށް ރުއްގަހުގެ ބަދަލު ހަމަޖައްސައި ދެވެން ނެތް ވާހަކަ  ދަންނަވަމެވެ.

ވީމާ،މިކަން ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

23 ރަބީޢުލްއާޚިރު 1447 ހ

15 އޮކްޓޫބަރު 2025
ހޯދާ