މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ސާރވޭ އެސިސްޓަންޓް (ވަގުތީ)

އިޢުލާނު

މަޤާމު:

ސާރވޭ އެސިސްޓަންޓް (ވަގުތީ)

ބޭނުންވާ އަދަދު:

05 (ފަހެއް)

މުއްދަތު:

15 މަސް 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

ޑިޕާޓްމަންޓް / ސެކްޝަން:

ސްޓެޓިސްޓިކަލް ސާރވޭސް  

މުސާރަ އަދި އެލަވަންސް:

މުސާރައިގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ދުވާލަކު -/400 ރުފިޔާ ނުވަތަ ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާނަމަ ދުވާލަކަށް -/500 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސާރވޭ 2025ގެ އެންމެހައި ކަންކަން ކުރިއަށް ގެންދިއުން. މިގޮތުން:

  1. ސާރވޭ ހިންގުމަށްޓަކައި ކުރަން ޖެހޭ އެންމެހައި އިދާރީ މަސައްކަތްތައް ރާވާ ހިންގުން.
  2. ސާރވޭގެ ޕްރީޓެސްޓްތަކަށް ބޭނުންވާ އިދާރީ ކަންކަން ރޭވުން އަދި ޕްރީޓެސްޓްތަކުގައި އަމަލީގޮތުން ބައިވެރިވުން.
  3. ސާރވޭގައި ބޭނުންކުރާ ކޮންވޭޝަން ޓޭބަލްތައް ހެދުމަށް އެހީތެރިވުން. އަދި ކޮންވޭޝަން ޓޭބަލްއަށް ބޭނުންވާ ބުރަދަންތައް ހޯދުމަށްޓަކައި ފިހާރަތަކަށް ގޮސް އެތަކެތީގެ ބަރުދަން ހޯދުން. އަދި އެކި ބާވަތްތަކުގެ ކާތަކެތީގެ ބަރުދަން ހޯދުމުގެ ގޮތުން ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރުން.
  4. ސާރވޭގައި ބޭނުންކުރާ ކޯޑުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރުން. މިގޮތުން އައިސިކް އަދި އިސްކޯ ކޯޑްތައް ދިވެހިރާއްޖޭގައި އާއްމުކޮށް ކުރާ މަސައްކަތްތައް ދެނެގަނެވޭނެ ފަދަ ގޮތަކަށް ތައްޔާރުކުރުން. އަދި ސަރވޭއިން އެއްކުރެވޭ މަޢުލޫމާތު ކޯޑްކުރުން.
  5. އިނިއުމަރޭޓަރުން ތަމްރީން ކުރުމަށްޓަކައި ބޭނުންވާ ޓްރެއިނިންގ މެޓީރިއަލްސް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. އަދި އިނިއުމަރޭޓަރުން ތަމްރީންކުރުމުގައި އެސިސްޓެންޓް ޓްރެއިނަރެއްގެ ގޮތުގައި އަމަލީ ގޮތުން ހަރަކާތްތެރިވުން.
  6. އެނިއުމަރޭޓަރުންގެ އަތްމަތީ ފޮތް ތައްޔާރުކުރުން.
  7. ސާރވޭ ހިންގުމުގެ ކުރިން މިސަރވޭ ހިންގާކަން އާންމުންނަށް އެންގުމަށްޓަކައި ކުރަންޖެހޭ ޕަބްލިސިޓީގެ މަސައްކަތްކުރުން. އަދި ރިސޯޓްތަކާއި ލޭބަރ ކުއާޓަރތަކުގައި މިސާރވޭ ހިންގުމަށްޓަކައި ބޭނުންވާ ޓްރާންސްލޭޓަރުން ހޯދުމުގެ މަސައްކަތްކުރުން. 
  8. ސިނާއީ ރަށްތަކާއި ރިސޯޓްތަކުގައި މިސާރވޭ ހިންގުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން.
  9. ސާރވޭގެ އެޑްމިނިސްޓްރޭޓިވް ރިޕޯޓް ތައްޔާރުކުރުން.

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

ދިވެހިރާއްޖެގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (https://statisticsmaldives.gov.mv/downloads)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

5. މޯލްޑިވްސް ޕޮލިސް ސާރވިސް އިން ދޫކޮށްފައިވާ ކުށުގެ ރިޕޯޓް.

6. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްސީލް އެނގޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުމުގެ ހުނަރު. އަދި މުވައްޒަފުން ނުވަތަ އެނިއުމަރޭޓަރުން ގެންގުޅުމުގެ ހުނަރު.
  • ގިނަވަގުތު މަސައްކަތުގައި އުޅޭވޭނެ މީހެއްކަމުގައިވުން.
  • ދިވެހި ބަހުން އަދި އިނގިރޭސިބަހުން ފަރިތަކަމާއެކު މުއާމަލާތްކުރުމާއެކު ރިޕޯޓްތައް ލިއުމުގެ ހުނަރު.
  • ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު. (އެކްސެލް ، ކޮރަލްޑުރޯ އަދި އެހެނިހެން ސްޓެޓިސްޓިކަލް ސޮޕްޓްވެއަރ އަދި އެޕްލިކޭޝަންތައް)
  • ޖިސްމާނީ، ނަފްސާނީ އަދި ފަންނީ ގާބިލްކަން ހުރި މިންވަރު
  • އެހެނިހެން ސާރވޭ ނުވަތަ ބޯހިމެނުންތަކުގައި ހަރަކާތްތެރިވެފައިވުން. ސަރވޭކުރުމުގެ ހުނަރާއި މަޢުލޫމާތު ލިބިފައިވާ މިންވަރު.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 21 އޮކްޓޯބަރ 2025ގެ 14:00ގެ ކުރިން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 22 - 30 އޮކްޓޯބަރ 2025 އާއި ދެމެދު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008408 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

14 އޮކްޓޫބަރު 2025
ހޯދާ