މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ވެލިދޫ ލޯކަލް ބީޗްގެ މޫދުގައި ހުރި އުނދޯލި އެލުވާ ސްޓޭންޑް ހަދައިދޭނެ ފަރާތެއް ބޭނުންވެއްޖެ

          ނ. ވެލިދޫ ލޯކަލް ބީޗްގެ މޫދުގައި ހުރި އުނދޯލި އެލުވާ ސްޓޭންޑް ހެދުމުގެ މަސައްކަތް މިއިދާރާއިން ފޯރުކޮށްދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

          ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާން ގެޒެޓް ކުރެވޭ ތާރީޚުން ފެށިގެން 2025 އޮކްޓޯބަރު 23 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ގޫގުލް ފޯމު (ފޯމު ލިންކް: https://forms.office.com/r/5UDfGqpsJk) ފުރުއްވައި އޮންލައިންކޮށް ސަބްމިޓްކުރެއްވުން އެދެމެވެ.

މި މަސައްކަތާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާނެ ކުރެހުން މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6568019 އަށް ގުޅުއްވުމުން ލިބިލައްވާނެއެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީ ހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލްގެ އިދާރާ

ބުރާސްފަތި

23 އޮކްޓޯބަރު 2025

11:30

          މި މަސައްކަތަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

          އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި، ވިޔަފާރި ރަޖިސްޓްރީ ހުށަހަޅަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

70%

  • ޚިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

މުއްދަތު

15%

  • މި ބައިގަމާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

          މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

13 އޮކްޓޫބަރު 2025
ހޯދާ