ދިވެހިރާއްޖެ
އިންސްޓޯލްމަންޓް އުސޫލުން ފެންފިލްޓަރ ދޫކުރުމަށް
ބ.ކެންދޫ ގައި ގޭބިސީތަކަށް ފެނާއި ނަރުދަމާގެ ނިޒާމް ގުޅުވައިލައި ބޭނުންކުރަން ފެށުމާއިގުޅިގެން، ރައްޔިތުންނަށް އަތްފޯރާފަށުގައި ފަސޭހަ ނިޒާމެއްގެ ދަށުން ރައްކާތެރި ބޯފެން ބޭނުންކުރުމަށް ފެން ފިލްޓާރ ފޯރުކޮށްދިނުމަށް މިކައުންސިލްގެ ފަރާތުން ބޭނުންވެއެވެ. އެގޮތުން، ފޯމް ހުށަހަޅާ ތަރުތީބުން ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 50 (ފަންސާސް) ފިލްޓަރެވެ.
ވީމާ މި އިދާރާގެ ނަންބަރު: MU/315/2025/10 އުސޫލުގެ ދަށުން އިންސްޓޯލްމަންޓަށް ފެންފިލްޓަރ ގަތުމަށް ބޭނުންވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން ފޯމް ހުށަހެޅުއްވުން އެދި ދެންނެވީމެވެ. އީމެއިލް މެދުވެރިކޮށް އަދި ވައިބާރ މެދުވެރިކޮށް ފޮނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
ފެން ފިލްޓަރ ގަތުމުގެ އުސޫލް އަދި ފޯމް މި އިއުލާނާއި އެކު ހީރަސްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް މި އިދާރާގެ ނަންބަރު: 6600004 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.