ޝަރަފުއްދީން ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ކެންޓީން ހިންގާނެ ފަރާތެއް ހޯދުމަށް

ސްކޫލް ކެންޓީނު ހިންގާނެ ފަރާތެއް ހޯދުން

  1. މި ސްކޫލުގެ ކެންޓީނު ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު GS43-B/2025/63 އިޢުލާނަށް ހުށަހެޅުނު ބީލަންތަކަށް އެކަށީގެންވާ ވަރަށް ޕޮއިންޓް ލިބިފައިނުވާތީ ތިންވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
  2. ކެންޓީނު ހިންގުމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. ކެންޓީނު ހިންގުމަށް ބޭނުންވާ ފަރާތްތަކުން 14 އޮކްޓޯބަރު 2025 އިން  19 އޮކްޓޯބަރު 2025 ގެ ނިޔަލަށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. ރަޖިސްޓްރީ ކުރުމަށް ތިރީގައި މިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.

4.1- މަޢުލޫމާތު ސާފުކުރާ ފަރާތުގެ ނަން.

4.2- ރަޖިސްޓްރީ ނަންބަރު.

4.3- އީމެއިލް އެޑްރެސް.

4.4- ގުޅޭނެ މޯބައިލްނަންބަރު.

  1. ކެންޓީނާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން  އޮންނާނީ 21 އޮކްޓޯބަރު 2025 ވާ އަންގާރަ ދުވަހުގެ 10:00ގައި  މިސްކޫލު ހޯލު ގައެވެ.
  2. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 27 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ 13:00ގެ ކުރިން މި އިޢުލާންގެ 9 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
  3. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 30 އޮކްޓޯބަރު 2025 ވަނަ ދުވަހުގެ 10:00 ގައ މިސްކޫލުގެ ހޯލުގައެވެ.
  4. ކެންޓީނާއި ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  5. ކެންޓީނާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޝަރަފުއްދީން ސްކޫލް

 ހިތަދޫ، އައްޑޫ

 ފޯން: 7030-688

 އީ-މެއިލް: [email protected]

13 އޮކްޓޫބަރު 2025
ހޯދާ