މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

  ނަންބަރ: 0536/MTCC-HRD/IU/2025

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ޓަގް އޮޕަރޭޓަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގް ޑިވިޜަން - ޑްރެޖަރ އަދި ޓަގުތަކުގައި

އަދަދު

03

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 12،300ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ޑިއުޓީ ޝެޑިއުލް އާއި އެއްގޮތަށް

ޝަރުޠު

  • ކަނޑު ދަތުރު ކުރުމުގެ ލައިސަންސް ނިޔަމި-,2 C,D ނުވަތަ E,F ކެޓަގަރީ ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއިއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

އެސޯސިއޭޓް ޕްރޮޖެކްޓް މެނޭޖަރ

 ވަޒިފާ އަދާކުރަންޖެހޭ ތަން:

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގް ޑިވިޜަން – އެމްޓީސީސީ ޓަވަރ

 އަދަދު

 05

 ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

 މުސާރައާއި ޢިނާޔަތްތައް

 (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 17,738ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައި ވާނަމަ މަހަކު 2,500ރ ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައި ވާނަމަ މަހަކު 1,500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

 ރަސްމީ މަސައްކަތު ގަޑި

 ހަފްތާއަކު 6 ދުވަހު – ދުވާލަކު 8 ގަޑިއިރު

 ޝަރުޠު

  • ސިވިލް އިންޖިނިއަރިން / ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ކޮންސްޓްރަކްޝަންއާ ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 07 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު 02 އަހަރު ދުވަހުގެ މަސައްކަތު ތަޖުތިބާ ލިބިފައިވުން ނުވަތަ
  • ސިވިލް އިންޖިނިއަރިންގ / ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ކޮންސްޓްރަކްޝަންއާ ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 05 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

 މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

އޮޑިޓަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

އިންޓަނަލް އޮޑިޓް ޑިވިޜަން – ހ. ސޯމިލް

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ) 

  • 14،900 ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާނަމަ 2500ރ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާނަމަ 1500ރ
  • ޕްރޮފެޝަނަލް އެލަވަންސް (އޭސީސީއޭ މެމްބަރޝިޕް ހާސިލްކޮށްފައިވާނަމަ) 3500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

  • ހަފްތާއަކު 5 ދުވަހު – ދުވާލަކު 8 ގަޑި އިރު

ޝަރުޠު

  • ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަޤާމާއި ގުޅޭދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ގުޅުންހުރި ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 6/5 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަޤާމާއި ގުޅޭދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 އޮކްޓޯބަރ 16 ވަނަ ދުވަހުގެ  23:59 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން  2025 އޮކްޓޯބަރ 18 އިން  2025 އޮކްޓޯބަރ 30 އާ ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
12 އޮކްޓޫބަރު 2025
ހޯދާ