ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ބިދޭސީ މަސައްކަތު މީހުން ބެހެއްޓުމަށް ތަނެއް ކުއްޔަށް ހިފުމަށް
ދެވަނަ ޢިއުލާން
މި އިދާރާގެ ބިދޭސީ މަސައްކަތު މީހުން ބޭތިއްބުމަށް 2 ކޮޓަރީގެ ތަނެއް 1 އަހަރު ދުވަހުގެ މުއްދަތަކަށް ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރަމެވެ. ވީމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، ތިރީގައި ދެންނެވިފައިވާ ގޮތުގެ މަތީން، މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީޚް |
ގަޑި |
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން |
16 އޮކްޓޯބަރ 2025 |
11:00 |
ބިޑުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
16 އޮކްޓޯބަރ 2025 |
14:00 |
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން |
22 އޮކްޓޯބަރ 2025 |
11:00 |
އަދި މި ބިޑް އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފްސީލާއި، މަސައްކަތުގެ ތަފްސީލް ފޯރުކޮށްދެވޭނީ ބިޑަށް ރަޖިސްޓްރީ ވުމުން ކަމުގައި ދަންނަވެމެވެ. ބިޑަށް ރަޖިސްޓްރީވުމަށް މި އިއުލާނާއެކު އެޓޭޗް ކުރެވިފައިވާ ބިޑް ރަޖިސްޓްރީ ފޯމް ފުރިހަމަކުރުމަށްފަހު ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު [email protected] އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.
20 ރަބީޢުލްއާޚިރު 1447
12 އޮކްޓޯބަރ 2025