ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލު ލާމު އަތޮޅު ވޮލީ މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާޅުން

މި ކައުންސިލުން އިންތިޒާމު ކޮށްގެން މިއަހަރު ނޮވެމްބަރު 20ން 27ށް ލ. ފޮނަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ލާމަސީލުލާމު އަތޮޅު ވޮލީމުބާރާތުގެ އަންހެން ޑިވިޜަނާއި، ފިރިހެން ޑިވިޜަނުގައި ބައިވެރި ވުމުގެ ފުރުސަތު ލ. އަތޮޅުގެ ކުލަބު ޖަމްޢިއްޔާތަކަށް ވަނީ ހުޅުވާލެވިފައެވެ.

ވީމާ، މިމުބާރާތުގައި ބައިވެރިވުމަށް ސައުޤުވެރިވާ ފަރާތްތަކުން 2025 އޮކްޓޫބަރު 30 ވަނަ ދުވަހު 12:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ޓީމު ލިސްޓް 2025 ނޮވެމްބަރު 6 ވަނަ ދުވަހު 13:00 ގެ ކުރިން [email protected] މެއިލްކުރެއްވުން އެދެމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ލިންކް، އަދި ޓީމްލިސްޓް ހުށަހަޅާ ފޯމާ، މުބާރާތުގެ ޤަވާޢިދު މިއިދާރާގެ ވެބްސައިޓް laamu.gov.mv އިން ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ.

ބައިވެރިވުމަށް އެދޭ ފޯމް ލިންކް: https://forms.gle/BntFxvXiLV1PRJaB6

 

 

12 އޮކްޓޫބަރު 2025
ހޯދާ