ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ބަދަލު ދިނުމާއި ގުޅޭ

 

އިޢުލާން

ރުއްގަހުގެ ބަދަލުދިނުމާއި ގުޅޭ

ތ. ދިޔަމިގިލީގައި "ރިންގް ރޯޑް" ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ޢާންމު ރައްޔިތުންގެ ބައެއް ރުއްގަސް ނަގަންޖެހޭތީ، މިކަމާ ގުޅިގެން ދަންނަވަމެވެ.

މަގު ހެދުމުގެ މަސައްކަތުގައި ނެގޭ ރުއްގަހުގެ ތެރެއިން 1992 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން އިންދާފައިވާ ރުކެއް ނުވަތަ ގަހެއްވާނަމަ؛ އެ ރުއްގަސް ނެގޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި، އެ ރުކުގެ ނުވަތަ ގަހުގެ ނަންބަރު އެނގޭގޮތަށް ކައުންސިލަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ. އަދި، ނަންބަރު އެނގެން ނެތް ރުކެއް ނުވަތަ ގަހެއްނަމަ، އެ ރުކަކީ ނުވަތަ ގަހަކީ އެފަރާތެއްގެ ގަހެއްކަން އެނގޭނެ 2 (ދޭއް) ހެކިންގެ ބަޔާނާއެކު ލިޔުމުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މިފަދައިން ނެގޭ ރުއްގަސް ނެގޭތާ 1 (އެކެއް) މަސްދުވަހުގެ ތެރޭގައި ކައުންސިލްގެ އިދާރާއަށް ހުށަނާޅައިފިނަމަ، އެ ރުއްގަހުގެ ބަދަލު ދިނުމުގެ ޒިންމާ ކައުންސިލުން ނުނަގާނެ ވާހަކަ ދަންނަވަމެވެ.

ވީމާ،މިކަން ޢާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.

20 ރަބީޢުލްއާޚިރު 1447 ހ

12 އޮކްޓޫބަރު 2025
ހޯދާ