އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އާންމުން ހޭލުންތެރިކުރުމަށާއި އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ވީޑިއޯ ތައްޔާރުކުރުން

 (IUL)38-AB/38/2025/180:ނަންބަރު

އިޢުލާން

އާންމުން ހޭލުންތެރިކުރުމަށާއި އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ވީޑިއޯ ތައްޔާރުކުރުން

މި އިޢުލާނާއެކު ދީފައިވާ މަޢުލޫމާތު ކަރުދާހާ އެއްގޮތަށް، އާންމުން ހޭލުންތެރިކުރުމަށާއި އޮފިޝަލުން ތަމްރީނުކުރުމަށް ބޭނުންވާ ވީޑިއޯ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، ޝަރުޠުފުރިހަމަވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަން ހުޅުވުން އޮންނާނީ 21 އޮކްޓޫބަރު 2025 ވާ އަންގާރަ ދުވަހުގެ 14:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރު، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީމެއިލް ކުރައްވާނީ 20 އޮކްޓޫބަރު 2025 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.

09 އޮކްޓޫބަރު 2025
ހޯދާ