|   1. ރާއްޖެއަށް ކުރިމަތިވާ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން. 2. މިއޮތޯރިޓީގެ އޮންކޯލް ޑިއުޓީ ފޯނު ޙަވާލުކުރާ ހަފްތާގައި ފޯނުލޮގް ބަލަހައްޓައި ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓް ކުރުން.   3. ކާރިސާއެއްގެ ކުރިން، ރަށްތަކަށް ކުރިމަތިވެދާނޭ ކާރިސީ ހިރާސްތައް ދެނެގެ ގެއްލުން ކުޑަކުރުމާއި ގުޅޭ އެންމެ މައުލޫމާތު ރަށްތަކާއި ހިއްސާކުރުމާއި، ކާރިސާގެ ވަގުތުގައި ނުރައްކަލާގުޅޭ މަޢުލޫމާތު ރަށްތަކަށާއި ސަރަހައްދުތަކަށް ދިނުމަށްޓަކައި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެފަދަ މަޢުލޫމާތުތައް ރަށްތަކަށާއި ސަރަޙައްދުތަކަށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުން. 4. ކާރިސީ ހިރާސް ކުޑަކުރުމުގެ ދާއިރާއާއި ގުޅޭގޮތުން ސަރުކާރުން ކަނޑައަޅުއްވާ ސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން. 5. ރާއްޖޭގެ ރަށްތަކަށް ކާރިސީ ހިރާސް އޮތް މިންވަރު ދެނެގަތުމަށް ބޭނުންވާ އެސެސްމެންޓްތައް، ރަށު ކައުންސިލްތަކާއި، ކަމާއިގުޅޭ އެހެނިހެން އިދާރާތަކާއި ގުޅިގެން ތައްޔާރު ކުރުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދާއިއެކު ކުރުން. 6. ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންތަކާއި ޕްރޮގްރާމްތައް ރާވައި ކުރިއަށްގެންދިއުމާއި އެފަދަ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. 7. ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި އަދި އެކަމާބެހޭ ކަންކަން ބެލެހެއްޓުމާ ގުޅޭގޮތުން ބައިނަލްއަޤްވާމީ އެއްބާރުލުން ލިއްބައިދޭ ނިޒާމުތައް ޤާއިމުކުރުން؛ އަދި ކާރިސާއެއްގެ ވަގުތުގައި ފުރަތަމަ ޙަރަކާތްތެރިވާ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 8. ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓެންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ރާއްޖެއިން ބޭރުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކުގައި މި އޮތޯރިޓީ ތަމްސީލްކުރުން. 9. ސަރުކާރާއި އެހެނިހެން ދާއިރާތަކުގައި ކާރިސާއަށް  އަހުލުވެރިކަން އިތުރުކުރުމާއި ދިވެހި ރެޑް ކްރެސެންޓާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޖަމާޢަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެހީތެރިވެ ދިނުން. 10. ރާއްޖެއާއި ރާއްޖެއިން ބޭރުން (ޑިޒާސްޓަރ ރިސްކް ރިޑަކްޝަނާއި ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަންއާއިގުޅޭ) ލިބޭ ޓްރޭނިންތަކުގައި ޢަމަލީގޮތުން ބައިވެރިވެ އެކަމުގެ ތަމްރީނު ލިބި އެކަމާއިގުޅޭ ޓްރޭނިންގތައް  ހިންގައި މީހުން ބިނާކުރުމުގެ މަސައްކަތް ކުރުން. 11. ކާރިސާއެއް ދިމާވުމުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކާރިސާތަކުން އަރައިގަތުމުގެ ގާބިލުކަން ރައްޔިތުންގެ ތެރޭގައި އިތުރުކުރުމަށް ރާއްޖޭގެ ކަންކޮޅުތަކުގައި ޕްރޮގްރާމްތައް ހިންގާނޭ ވަސީލަތްތައް ގާއިމުކޮށް މަޢުލޫމާތު ރައްޔިތުންނަށް ޙިއްސާކުރުން. |