މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ބެޓަރ އިން ބާ" ފުޓްސަލް މުބާރާތުގެ އަންހެން ޓީމަށް ކުޅުންތެރިން ނެގުމާއި ގުޅޭ

ބ. އަތޮޅު ކައުންސިލުން އިންރިޒާމުކޮށްގެން އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ބެޓަރ އިން ބާ" ފުޓްސަލް މުބާރާތުގައި ބައިވެރިވުމަށްޓަކައި އަންހެން ޓީމެއް އެކުލަވާލުމަށް ބޭނުންވާތީ، މުބާރާތުގައި ކުޅެން ބޭނުންވާ އަންހެން ކަނބަލުން 2025 އޮކްޓޫބަރު 10 ވާ ހުކުރު ދުވަހުގެ ހަވީރު 16:30 އަށް ފުޓްސަލް ގްރައުންޑް 1 އަށް ދުރުވެދެއްވުން އެދެމެވެ.

މުބާރާތުގައި ކުޅެން ބޭނުންވާ، ރަށުގައި ދިރިނޫޅޭ ފަރާތްތަކުން 2025 އޮކްޓޫބަރު 10 ވާ ހުކުރު ދުވަހުގެ 17:00 ގެ ކުރިން، ކައުންސިލް މެންބަރު އަޙުމަދު ޒަނީމް (9219600) އާއި ގުޅުއްވައިގެން ނަންނޯޓު ކުރެއްވުމަށް ދަންނަވަމެވެ. 

09 އޮކްޓޫބަރު 2025
ހޯދާ