މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެލިދޫ ކައުންސިލް އިދާރާގެ ވަށާފާރު މަރާމާތުކޮށް ގޭޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

(IUL)297-PS/297/2025/63ނަންބަރު

 

 

އިޢުލާން

 

މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާގެ ނަންބަރު:(IUL)297-PS/297/2025/61 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ، ވެލިދޫ ކައުންސިލް އިދާރާގެ ވަށާފާރު މަރާމާތުކޮށް ގޭޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން މި އިޢުލާން ގެޒެޓް ކުރެވޭ ތާރީޙުން ފެށިގެން 2025 އޮކްޓޫބަރު 20 ވާ ހޯމަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ގޫގުލް ފޯމު (ފޯމު ލިންކް: https://forms.office.com/r/ppp8cWfcWj) ފުރުއްވައި އޮންލައިންކޮށް ސަބްމިޓްކުރެއްވުން އެދެމެވެ.

މި މަސައްކަތާގުޅިގެން އަންދާސީ ހިސާބު ހުށަހެޅުމަށް ބޭނުންވާނެ މަޢުލޫމާތާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމު މި އިޢުލާނާއެކު ގެޒެޓްކުރެވިފައިވާނެއެވެ. މި ބީލަމާގުޅޭގޮތުން އިތުރު ޕްރީބިޑް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.

 

ތަން

ދުވަސް

ތާރީޚު

ގަޑި

އަންދާސީހިސާބު ހުށަހެޅުން

ނ.ވެލިދޫ ކައުންސިލް އިދާރާ

ހޯމަ

20 އޮކްޓޯބަރ 2025

11:00

 

މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެއެވެ.

 

މާކްސްދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފުސީލު

ފޯމިއުލާ

އަގު

70%

  • ހިދުމަތުގެ އަގަށްދޭ މާކްސް
  • މާކްސްދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.
  • މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ.

(Benchmark Price / Submitted Price) x Allocated Percentage

ތަޖުރިބާ

15%

  • މަސައްކަތުގެ ދާއިރާގައި  ޚިދުމަތް ދިން މުއްދަތު (އަހަރު)
  • މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރުވެފައިވާ ފަރާތް ބެންޗްމާކެއްކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް
  • މި ގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ މަސައްކަތުގެ ދާއިރާގައި  އެންމެ ގިނަ އަހަރު ޚިދުމަތް ދީފައިވާ ފަރާތަށެވެ.

(Submitted years of experience / Benchmark years) x Allocated Percentage

މުއްދަތު

15%

  • މި ބައިގަމާކްސްދެވޭނީ މަސައްކަތުގެ މުއްދަތަށް ބަލައި އެންމެ ކުޑައަގު ހުށަހަޅާ ތަރުތީބުންނެވެ.

(Benchmark Delivery Period / Submitted Delivery Period) x Allocated Percentage

މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.               

09 އޮކްޓޫބަރު 2025
ހޯދާ