ދިވެހިރާއްޖެ
ފޮތް ޗާޕުކުރުމަށް ބޭނުންވެއްޖެ
2016 ވަނަ އަހަރު މި މަދަރުސާގެ ދަރިވަރުންނަށް ބޭނުންވާ ފޮތް ޗާޕުކުރުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިފޮތްތައް ޗާޕުކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި މަދަރުސާގެ ޕްރޮކިއުމެންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދެމެވެ.
| 
 މަޢުލޫމާތު ސާފުކުރެއްވުން  | 
 އަންދާސީހިސާބު ހުށަހެޅުއްވުން  | 
| 
 29 އޮކްޓޫބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00ން 10:15 އާ ދެމެދު  | 
 04 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 10:00 އަށް  | 
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3312401, 3328072 ނަންބަރު ފޯނަށެވެ.
11 މުޙައްރަމް 1437
