ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީ ކައުންސިލަށް ބޭނުންވާ ގާބޭޖް ކޮމްޕެކްޓަރ ޓްރަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ހއ. ހޯރަފުށީ ކައުންސިލަށް ބޭނުންވާ ގާބޭޖް ކޮމްޕެކްޓަރ ޓްރަކެއް ސަޕްލައިކޮށްދިނުމުގެ މަސައްކަތް ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.  

ވީމާ، މަޢުލޫމާތު ކަރުދާހުގައި ދީފައިވާ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގޮތުގެ މަތިން ބީލަމުގައި ރަޖިސްޓަރީކުރެއްވުމަށްފަހު، ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި ޢިޢުލާނާ ގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ދިވެހި ސަރުކާރުގެ ގެޒެޓްގައި އެޓޭޗްކުރެވިފައި ވާނެއެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ރަޖިސްޓަރީވުމުގެ ސުންގަޑި

14 އޮކްޓޫބަރު 2025

އަންގާރަ

 11:00 (ހެނދުނު)

ބީލަން ހުށަހެޅުން

22 އޮކްޓޫބަރު 2025

ބުދަ

 13:00 (މެންދުރު)

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން:

ބީލަމުގައި ރަޖިސްޓްރީވުމަށް، ބީލަމުގައި ރަޖިސްޓްރީވުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ތިރީގައިވާ ލިންކުގައިވާ ފޯމް ފުރިހަމަ ކުރުން އެދެމެވެ. ބިޑް ހުށަހެޅުމުގެ ފުރުޞަތު ލިބޭނީ ސުންގަޑި ހަމަވުމުގެ ކުރިން ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.

https://forms.gle/t9LHguvMh3QALKFS8

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6500030 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

              ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

                17 ރަބީޢުލްއާޚިރް 1447 

09 އޮކްޓޫބަރު 2025
ހޯދާ