ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ޕްރޮގްރާމް އޮފިސަރ (އެމް.އެސ.ް2) / ޕްރިވެންޝަން އެންޑް އެވެއަރނެސް ސެކްޝަން (ކ.މާލެ)

މަޤާމް :Program Officer (MS2)
ބޭނުންވާ އަދަދު :1

އިޢުލާނު

 

މަޤާމު:

ޕްރޮގްރާމް އޮފިސަރ

މަޤާމުގެ ނަންބަރު:

J-365450

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް.އެސް.2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނޭޝަނަލް ޑްރަގް އޭޖެންސީ / ޕްރިވެންޝަން އެންޑް އެވެއަރނެސް ސެކްޝަން (ކ.މާލެ)

މުސާރަ:

މަހަކު -/6295ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވެންސް: މަހަކު (އަސާސީ މުސާރައިގެ %35)
  2. ރިސްކު އެލަވަންސް: (-/100 ރުފިޔާ ވަޒީފާއަށް ޙާޒިރުވާ ކޮންމެ ދުވަހަކަށް)
  3. ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ފުރިހަމަވާ ފަރާތެއްނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %28 އަދި ޓެކްނިކަލް ކޯ އެލަވަންސްއަށް ޝަރުތު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900.00 ރުފިޔާ
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލު އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަސްތުވާތަކެތީގެ ނުރަކައްލުން މުޖުތަމަޢު ރައްކާތެރިކޮށް ހޭލުންތެރި ކުރުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް (ޑްރަގް އެޑިއުކޭޝަން،ލައިފް ސްކިލްސް އަދި ސެންސިޓައިޒޭޝަން ވޯރކް ޝޮޕް) ސުޕަވައިޒަރުގެ ލަފާގެ މަތީން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރާވާ ހިންގުން.
  2. ރުޖޫޢީ އިންސާފުގެ ފަލްސަފާގެ އަލީގައި، މަސްތުވާތަކެއްޗަށް ހުށަހެޅޭފަދަ ޢަމަލުތަކަށް ޝާމިލުވުން ހުއްޓުވުމަށް އަމާޒުކޮށްގެން، އަންނަނިވި ތިން ބާވަތުގެ ޕްރިވެންޝަން ޕްރޮގްރާމްތައް ފަރުމާކޮށް ތަންފީޒުކުރުން: ޔުނިވަރސަލް (މުޅި މުޖުތަމަޢުއަށް އަމާޒުކުރެވޭ) ،ސެލެކްޓިވް (ވަކިވަކި ދާއިރާތަކުގެ މުވައްޒަފުންނަށް/ ގިންތިތައް) އަދި އިންޑިކޭޓަޑް (މަސްތުވާތަކެއްޗަށް ހުށަހެޅިފައިވާ ފަރާތްތަކަށް އަމާޒުކުރެވޭ) ޕްރޮގްރާމްތަކަށް ބޭނުންވާ ކޮންސެޕްޓް ނޯޓް، އެކްޓިވިޓީ ކަލަންޑަރ އަދި ޕްރޮގްރާމްތަކުގެ ރިޕޯޓް ތައްޔާރުކޮށް ،ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
  3. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލް އުމުރުފުރާގެ ކުދިންނާއި ޒުވާނުން އަދި އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން އެވިޑެންސް ބޭސްޑް ޑްރަގް ޕްރިވެންޝަން ޕްރޮގްރާމްތައް ހިންގުން.
  4. މަސްތުވާތަކެތި ބޭނުންކުރުމާއި ކުށްކުރުމުން ދުރުހެލިވުމަށާއި، ޢާއިލީ ގުޅުން ބަދަހިކުރުމަށާއި، ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލުކަން އުފެއްދުމަށް، އަދި މިކަންކަމާ ގުޅޭގޮތުން ޢާއިލާތަކާއި ބެލެނިވެރިން ހޭލުންތެރިކުރުމަށް އަމާޒުކޮށްގެން، މާލެއާއި އަތޮޅުތަކުގައި ޚާއްޞަ ޕްރޮގްރާމްތައް ހިންގުން.
  5. ކުށުގެ ވެށިން ހައި ރިސްކް ގުރޫޕްތައް ދުރުހެލިކުރުމަށް އަމާޒުކޮށްގެން، މާލެއާއި އަތޮޅުތަކުގައި ސައިންސްގެ ހެކިތަކުގެ އަލީގައި، ޕްރިވެންޝަން ޕްރޮގްރާމްތައް އެކުލަވާލައި ހިންގުން.
  6. ސްކޫލުތަކުގެ ޓިޗަރުންނާއި، ހެލްތް އޮފިސަރުންނާއި ސްކޫލްތަކުގެ ކައުންސެލަރުންނަށް އަމާޒުކޮށް ޑްރަގް ޕްރިވެންޝަން ޕްރޮގްރާމްތައް ހިންގުމުގެ ޓްރެއިނިންގ ޕްރޮގްރާމް ހިންގުން.
  7. އެކިއެކި އިދާރާތަކުންނާއި ޖަމްއިއްޔާ ތަކުން ހިންގާ ޕްރިވެންޝަން ޕްރޮގްރާމްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން.
  8. މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުގެ އެހެނިހެން ދާއިރާތަކާއި ކަމާގުޅުންހުރި ޖަމިއްޔާތަކާ ގުޅިގެން ކުރިޔަށް ގެންދެވޭނެ ޕްރިވެންޝަން ޕްރޮގްރާމްތައް މާލެއާއި އަތޮޅުތަކުގައި ރާވާ ހިންގުން.
  9. މުއައްސަސާތައް ބައިވެރިކޮށްގެން ހިންގަންޖެހޭ ޕްރޮގްރާމްތައް ދެނެގަނެ، އެ ޕްރޮގްރާމްތަކުން ޙާޞިލުކުރަންޖެހޭ ލަނޑުދަނޑިތައް ކަނޑައެޅުމާއެކު، މާލެއާއި އަތޮޅުތަކުގައި އެފަދަ ޕްރޮގްރާމްތައް ހިންގުން.
  10. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކޮމިއުނިޓީގެ އެކިއެކި އިދާރާތަކާއި (ކައުންސިލް،އަންހެނުންގެ ކޮމިޓީ، ހެލްތްސެންޓަރ،ސްކޫލް، އެހެނިހެން) ގުޅިގެން މަސައްކަތްކުރުން.
  11. މުޖުތަމައުގެ ރައްކާތެރިކަމަށް ކުރާ މަސައްކަތުގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތުގައި އަމިއްލަ ފަރާތްތަކުން އެއްބާރުލުން ހޯދުމާއި، އަމިއްލަ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް ބޭނުންވާ އެހީތެރިކަމާއި ލަފާދީ، އެފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުން.
  12. މަތީގައިވާ މަސައްކަތްތަކުގެ އިތުރުން، ނޭޝަނަލް ޑްރަގް އެޖެންސީގެ ރަސްމީ މަސައްކަތްތަކަށް އަންނަ ބަދަލަކާއި ގުޅިގެން ނުވަތަ އެހެން ގޮތަކުންވެސް ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލުކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗެލަރސް ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

ނޯޓް: މިމަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީވެފައިވާ ފަރާތެއް ކަމުގައިވާންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ލައިސަންސް ހުށަހަޅުއްވަންވާނެއެވެ.

ތަޢުލީމީ ރޮނގުތައް:

  • ކައުންސެލިންގ (ކޯ ޑިސިޕުލިން)
  • ސައިކޮލޮޖީ (ކޯ ޑިސިޕުލިން)
  • ސޯޝަލް ވޯރކް (ކޯ ޑިސިޕުލިން)
  • ސޯޝިއޮލޮޖީ (ކޯ ޑިސިޕުލިން)

ގުޅޭ ވަޒީފާގެ ދާއިރާތައް:

  • ސޯޝަލް ސާވިސަސް

ނޯޓް: މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، ކްރައިޓީރިއާ ގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 16 އޮކްޓޫބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން recruitment@nda.gov.mvއަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މެއިލްކުރައްވާއިރު ސަބްޖެކްޓްގެ ގޮތުގައި މަޤާމުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 2025 އޮކްޓޫބަރ 21 އާއި 2025 އޮކްޓޫބަރ 28 އާ ދެމެދު ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

       މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3039016 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

09 އޮކްޓޫބަރު 2025
ހޯދާ