ދިވެހިރާއްޖެ
މި އޮފީހުގެ އިޢުލާން ނަންބަރު (IUL)32-A2-PR/1/2025/21 އަށް އެދެވިގެންވާ ތަރުހީބު ލިބިފައިނުވުމާއެކު، އަލުން މިފުރުސަތު ހުޅުވާލަމެވެ.
މި އޮފީހުގައި މިހާރު ބަހައްޓާފައިވާ ޑައިކިން VRV3 ގެ އޭސީ 2 އައުޓްޑޯރ ޔުނިޓު ބަދަލުކުރުމަށް ބޭނުންވާތީ އެ ޔުނިޓުތަކުގެ ބަދަލުގައި VRV4 ގެ 2 ޔުނިޓު ބެހެއްޓުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 22 އޮކްޓޫބަރު 2025 ވާ ބުދަ ދުވަހުގެ 10:00 އަށް ބަންޑާރަނައިބުގެ އޮފީހަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅޭ އިތުރު މަޢުލޫމާތާއި ޕޮއިންޓްދޭނެ އުސޫލު އެޓޭޗް ކުރެވިފައި ވާނެއެވެ. އަދި މި އޮފީހުގެ ވެބްސައިޓު www.agoffice.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މި އޮފީހުގެ މެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
08 އޮކްޓޫބަރު 2025