ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރީ ވުމާއި ގުޅޭ
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި އަލަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ހުޅުވާލާފައެވެ.
އެގޮތުން ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް 08 އޮކްޓޯބަރ 2025 ވަނަ ދުވަހުން ފެށިގެން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓް www.islamicaffairs.gov.mv އިންވެސް ލިބެން ހުންނާނެއެވެ.
ވީމާ، ފޯމު ހުށަހެޅުމުގައި ރަނގަޅަށް ފޯމު ފުރުމަށް ސަމާލުކަން ދިނުމަށާއި، ފޯމުގައި ބަޔާންކުރާ ލިޔުންތަށް ފޯމާއިއެކު ހުށަހެޅުމަށް ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
07 އޮކްޓޫބަރު 2025
ހޯދާ
