މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެންޓީން ކުއްޔަށް ދޫކުރުމާގުޅޭ

އިޢުލާން

ކެންޓީން ކުއްޔަށް ދޫކުރުމާގުޅޭ

މިއިދާރާގެ ނަންބަރު: (IUL)298/298/2025/47 (6 އޮކްޓޫބަރު 2025) އިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

13 އޮކްޓޫބަރ 2025 ން ފެށިގެން 11 ދުވަހުގެ މުއްދަތަށް އަލިފުށީގައި ކުރިއަށްދާ ރ. އަތޮޅު ކައުންސިލްގެ އަރުތަ ވޮލީމުބާރާތް 2025 ގައި މެޗްތައް ކުޅެމުންދާ ވަގުތު ވޮލީކޯޓު ސަރަހައްދުގައި 4 ކެންޓީން ހިންގާގޮތަށް ވަނީ ހަމަޖެހިފައެވެ. މިކޮންމެ ކެންޓީނެއްގެ ކުއްޔަކީ 3300.00(ތިންހާސް ތިންސަތޭކަ ރުފިޔާ) އެވެ. ހަތަރު ފަރާތައްވުރެ ގިނަ ފަރާތްތަކުން ކެންޓީނަށް ކުރިމަތި ލައިފައިވާނަމަ، ހަތަރު ފާރާތް ހޮވުމަށް ހަމަޖެހިފައިވަނީ ގުރުއަތު ލައިގެނެވެ. ކެންޓީނަން ބޭނުންވާ ކަރަންޓް އަދި ފެން ފޯރުކޮށްދޭނީ ކައުންސިލުންނެއެވެ.

ވީމާ، ކެންޓީން ކުއްޔަށް ނެގުމަށް ބޭނުންވާ ފަރާތްތަކަކުން 09 އޮކްޓޫބަރ 2025 ވާ ބުދަ ދުވަހު 13:00 ށް އަލިފުށީ ކައުންސިލްއިދާރާއަށް ދުރުވެ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ މި އިޢުލާނާއެކު ޢާންމުކޮށްފައިވާ ފޯމުންނެވެ. ފޯމު ހުށަހަޅާއިރު މަޢުލޫމާތު ފުރިހަމަ ނުކުރާ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލްކުރެވޭނެވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަންއާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

            16 ރަބީޢުލްއާޚިރު 1447

            08  އޮކްޓޫބަރު  2025

08 އޮކްޓޫބަރު 2025
ހޯދާ