ކުނަހަންދޫ ސްކޫލް، ލ. ކުނަހަންދޫ
ދިވެހިރާއްޖެ
ފެންހަންތައް ހިޔާކުރުން

މި ސްކޫލުގައި ހުރި ފެންހަންތައް ހިޔާކުރުން

މި ސްކޫލުގައި ހުރި ފެންހަންތައް ހިޔާކުރަން ބޭނުންވެއެވެ. ވީމާ، މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގައި މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ (އެދުވަހުގެ) 02 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 12:00 ގައި، އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އަންދާސީހިސާބުގެ ވެރިފަރާތުގެ ސިޓީއަކާއެކު އައިޑީކާޑުގެ ކޮޕީއެއް ފޮނުއްވަންވާނެއެވެ.

09 މުޙައްރަމް 1437

22 އޮކްޓޫބަރު 2015
ހޯދާ