މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޖްތިމާއީ ސަރަހައްދުގައި ބަހައްޓާފައިވާ ފެންތާނގިތަކުގެ ތެރެއިން 2500 ލީޓަރުގެ 5 ހަން ބަދަލްކުރުމުގެ މަސައްކަތް

`

                           

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލްގެ އިދާރާ

ކުޑަރިކިލު، ދިވެހިރާއްޖެ

Secretariat of the Kudarikilu Council, South Maalhosmadulu

Kudarikilu, Rep of Maldives

 

(IUL)313-MI/313/2025/88: ނަންބަރ

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

 

               އިޖްތިމާއީ ސަރަހައްދުގައި ބަހައްޓާފައިވާ ފެންތާނގިތަކުގެ ތެރެއިން 2500 ލީޓަރުގެ 5 ހަން ބަދަލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ބީލަން ހުށަހެޅޭނީ 14 އޮކްޓޫބަރ 2025 ވާ އަންގާރަ ދުވަހުގެ 10:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާއަށް ވަޑައިގެން ނުވަތަ އީމެއިލްގެ ޒަރިއްޔާއިން ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.  

ބީލަންވެރިން ރަޖިސްޓްރީ ކުރުން:

2025 އޮކްޓޫބަރ 07 އިން 2025  އޮކްޓޫބަރ 14 ވަނަ ދުވަހުގެ 10:00 އަށް،

ޕްރީ ބިޑް މީޓިންގ:

2025 އޮކްޓޫބަރ  14  ވަނަދުވަހުގެ 10:30 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި،

ބީލަން ހުށަހެޅުމާއި، ހުޅުވުން:

2025 އޮކްޓޫބަރ 21 ވަނަދުވަހުގެ 10:00 ގައި ކުޑަރިކިލު ކައުންސިލް އިދާރާގައި،

 

             މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ޙާޟިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކާއި، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރާގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން،  އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.   

 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ކުޑަރިކިލު ކައުންސިލް އިދާރާ

ފޯން ނަންބަރ :   4000079

އީމެއިލް  : [email protected]

         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  15     ރަބީޢުލްއާޙިރު     1446

                  07      އޮކްޓޫބަރ     2025

07 އޮކްޓޫބަރު 2025
ހޯދާ