ފެމިލީ ކޯޓް
ދިވެހިރާއްޖެ
ޗައިލްޑް ކެއަރޓޭކަރ

                                              ނަންބަރު: IUL)146-A1/1/2025/40)

އިޢުލާނު

މަޤާމު:

 ޗައިލްޑް ކެއަރޓޭކަރ 

ބޭނުންވާ އަދަދު :

 01 (އެކެއް)

މަޤާމުގެ ގިންތި:

 ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

މަޤާމުގެ ރޭންކް:

 ޖީ.އެސް 3

މަސައްކަތް ކުރަންޖެހޭ ތަނާއި ސެކްޝަން:

 ފެމިލީކޯޓު /  އިސްޤާޟީ ބިއުރޯ

މަޤާމުގެ އަސާސީ މުސާރަ:

 -/4465.00 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް:

  • ޖުޑީޝަލް އެލަވަންސް: -/1,786 (އަސާސީ މުސާރައިގެ %40) ރުފިޔާ،
  • ސަރވިސް އެލަވަންސް: -/1,500 ރުފިޔާ،
  • ލިވިންގ އެލަވަންސް: -/2,700 ރުފިޔާ،
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ.

މަޤާމުގެ އަސާސީ ޝަރުތު:

 

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤާއުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގު:

  1. އެޑްމިނިސްޓްރޭޝަން
  2. ޗައިލްޑްކެއަރ
  3. ކަސްޓަމަރ ކެއަރ

 ގުޅޭ ވަޒީފާގެ ދާއިރާތައް:

  1. އެޑްމިނިސްޓްރޭޝަން
  2.   މެނޭޖްމަންޓް
  3. އައި.ޓީ
  4. ޗައިލްޑްކެއަރ
  5. ކައުންސިލިންގ
  6.  ސޯޝަލްވޯކް
  7. ސައިކޮލޮޖީ
  8. އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން
  9. ކަސްޓަމަރ ރިލޭޝަން
  10. ކޮމިއުނިކޭޝަން

 އެހެނިހެން ޝަރުތު: 

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
  2. ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ (ނުވަތަ އިދާރާގެ) މުވައްޒަފެއްގެ (ނުވަތަ ފަނޑިޔާރެއްގެ) ގާތްތިމާގެ މީހަކު ކަމުގައި ނުވުން.

 2.1. ކާފަ ނުވަތަ މާމަ (ދޮންކާފަ އާއި ދޮންމާމަ ހިމެނޭ ގޮތަށް)؛

 2.2. މަންމަ ނުވަތަ ބައްޕަ (ދޮންމަންމަ އާއި ދޮންބައްޕަ ހިމެނޭ ގޮތަށް)؛ ނުވަތަ

 2.3. ދައްތަ ނުވަތަ ބޭބެ (އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި ދޮން މަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛

 2.4. ދަރިން (ކާފަ ދަރިންނާއި މާމަ ދަރިން އަދި ދޮންދަރިން ވެސް ހިމެނޭގޮތަށް)؛

 2.5. އަނބިމީހާ ނުވަތަ ފިރިމީހާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 

 

  1. ކޯޓަށް ޙާޟިރުވާ ފަރާތްތަކާއެކު ގެނެވޭ ކުޑަކުދިން އޯގާތެރިކަމާއި ލޯތްބާއެކު ބެލެހެއްޓުން؛

 (ހ) އެ ކުދިންގެ އުމުރާ ގުޅޭގޮތުން ކުލަޖެއްސުމާއި، ކުރެހުމާއި، އަކުރު އަޅައިދިނުމާއި، ވާހަކަ ކިޔައިދިނުން.

 (ށ) އެ ކުދިންގެ އުމުރާ ގުޅޭގޮތުން އެޑިއުކޭޝަނަލް ގޭމްސް ކުޅުވައި ހެދުން.

 (ނ) ތަފާތު އެކްޓިވިޓީސްތައް އެ ކުދިންނަށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ތަކެތި ޕްރޮކިއުމަންޓް ސްޓޮކް އެންޑް މެއިންޓެނެންސް ސެކްޝަނަށް ރިކުއެސްޓްކޮށްގެން ހޯދުން.

 (ރ) އެކުދިން ސާފުކުރަންޖެހޭ ހާލަތެއް އަތުވެއްޖެނަމަ ސާފުކުރުމާއި ޑައިޕާސް ބަދަލުކުރުން.

 (ބ) ކޯޓަށް ޙާޟިރުވާ ފަރާތްތަކާއެކު ގެނެވޭ ކުޑަކުދިން ބެލުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަންކަން ހައްލުކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، ސުޕަވައިޒަރަށް ހުށަހަޅައިގެން އެކަންކަން ރަގަޅުކުރުމަށް މަސައްކަތްކުރުން.

  2. އިސްޤާޟީ ބިއުރޯގައި ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން؛

 (ހ) އިސްޤާޟީއަށް އެޑްރެސްކޮށް އައިސްފައިވާ ސިޓީތަކެއް ހުރިތޯ ބަލައި އެފަދަ ސިޓީތަކެއްވާނަމަ އިސްޤާޟީގެ ލަފާގެމަތިން  ފިޔަވަޅު އެޅުން.

 (ށ) ޒިޔާރަތްކުރާ ބޭފުޅުންނާއި އިސްތިޤްބާލުކޮށް، އެބޭފުޅުންގެ ކަންތައްތައް ހަމަޖައްސައިދިނުން.

 (ނ) އިސްޤާޟީ ބޭނުންފުޅުވާ ކަންތައްތައް ރޭވުމާއި އަދި އެފަދަ ކަންތައްތައް ކުރިއަށް ގެންދިއުން.

 (ރ) އެކިފަރާތްތަކުން ސީދާ އިސްޤާޟީއަށް ފޮނުވާ ސިޓީތައް އިސްޤާޟީއަށް އެރުވުމާއި، އެލިޔުންތަކަށް އިސްޤާޟީ ދެއްވާ ޖަވާބު އިސްޤާޟީގެ މަޝްވަރާއާއެކު ތައްޔާރުކޮށް އެފަރާތްތަކަށް ދިނުމާއި، އެލިޔުންތަކާއި އިސްޤާޟީ އެކިތަންތަނަށް ފޮނުވާ އެހެނިހެން ސިޓީއާއި އެކި ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

 (ބ) ކޯޓުގެ އަހަރީ ރިޕޯޓުގައި ހިމެނުމަށް އިސްޤާޟީ ބޭނުންވާ މުހިއްމު މަޢުލޫމާތުތައް އެއްކޮށް އަހަރީ ރިޕޯޓު ތައްޔާރުކުރާ ސެކްޝަނަށް އެމަޢުލޫމާތު ދިނުން.

 (ޅ) މީގެ އިތުރުން ވެސް ކޯޓުން ޙަވާލުކުރެވޭ އިތުރު މަސައްކަތްތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް:

މާރކްސް

 

30

އަސާސީ ޝަރުޠު ހަމަވުން

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

25

އިމްތިހާނު ނުވަތަ ޕްރެކްޓިކަލް

35

އިންޓަރވިއު

100

ޖުމްލަ

-         

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 13:30 ގެ ކުރިން، ފެމިލީ ކޯޓުގެ ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަވިއު އޮންނާނީ، (2025 އޮކްޓޯބަރ 16 ން 2025 ނޮވެމްބަރ 30) އާ ދެމެދު، ފެމިލީ ކޯޓު (ޖަސްޓިސް ބިލްޑިންގ) ނުވަތަ މިކޯޓުން ކަނޑައަޅާ ތަނެއްގައެވެ.

އިންޓަރވިއު ކުރެވޭނީ އިމްތިޙާނުގެ މުޅި ޖުމްލަ މާކްސްގެ %50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ހޯދާފައިވާ ފަރާތްތަކާއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް    (A2ޝީޓު)" އާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް ( A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ފެމިލީކޯޓުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

 

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (3340502 / 3340504) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

07 އޮކްޓޫބަރު 2025
ހޯދާ