މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ.ފޭދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

އިޢުލާން

ށ.ފޭދޫ ޕްރީސްކޫލަށް ކުދިން ވެއްދުމަށް ފުރުސަތު ހުޅުވާލުން

 2026 ވަނަ އަހަރު ށ.ފޭދޫ ޕްރީސްކޫލުގެ ނާސަރީ އަދި ބޭބީ ނާސަރީއަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފަރާތްތަކުން މިއިދާރާއިން ދޫކުރާ ޕްރީސްކޫލަށް ކުދިން ވެއްދުމަށް އެދޭ ފޯމް، ނުވަތަ އޮންލައިން ފޯމް : https://form.jotform.com/252701409454454 މެދުވެރިކޮށް 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ރަސްމީ ގަޑީގައި 6540045 ފޯނާއި ގުޅުއްވުން އެދެމެވެ.

ސްކޫލަށް ކުދިން ވެއްދުމުގައި އުމުރުފުރާ ބަލާގޮތް:

ބޭބީ ނާސަރީ

 2025 ޑިސެމްބަރު 31 އަށް 2 އަހަރު ފުރި 3 އަހަރު ނުފުރޭ ކުދިން

ނާސަރީ

 2025 ޑިސެމްބަރު 31 އަށް 3 އަހަރު ފުރި 4 އަހަރު ނުފުރޭ ކުދިން

        2026 މާރިޗު 31 އަށް 2 އަހަރު ފުރޭ ކުދިންނަށް ބެލެނިވެރިޔާ ބޭނުންވާނަމަ 30 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ސިޓީ އެއް ހުށަހެޅުމުން އެފުރުސަތު ދެވޭނެ ވާހަކަ ދެންނެވީމެވެ.

 
06 އޮކްޓޫބަރު 2025
ހޯދާ