އޮޑިޓަރ
|
މަޤާމު
|
އޮޑިޓަރ ޖެނެރަލްގެ އޮފީސް
|
މަސައްކަތް ކުރަންޖެހޭތަން
|
1
|
ބޭނުންވާ ޢަދަދު
|
ޕަރފޮމަންސް އޮޑިޓް
|
ޑިޕާޓްމަންޓް
|
-/12,365 ރ.
|
އަސާސީ މުސާރަ
|
-/5,770 ރ.
|
މަޤާމުގެ އެލަވަންސް
|
-/155 ރ. (ހާޒިރުވާ ދުވަހަކަށް)
|
ހާޒިރީ ޢިނާޔަތް
|
- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
އަސާސީ ޝަރުތު
|
- މާލީ ފައިދާއެއް ލިބޭ މަސައްކަތެއް ކުރަމުންގެންދާނަމަ، ވަޒީފާހަމަޖެހުމަށްފަހު، މިއޮފީހުގެ މުވައްޒަފުން ސުލޫކީގޮތުން ޢަމަލުކުރަންޖެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނަގައިގެންމެނުވީ އެމަސައްކަތެއް ނުކުރުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވުން.
- ދައުލަތުގެ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
- ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
- މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.
|
އެހެނިހެން ޝަރުތު
|
- ސަރުކާރުގެ މަޝްރޫއުތަކާއި، ނިޒާމުތަކާއި، ޢަމަލީ މަސައްކަތްތަކާއި، ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، އަދި އިދާރާތަކުގެ ތެރޭގައި ހުރި މައިގަނޑު ހިރާސްތަކާއި މައްސަލަ ދިރާސާކުރުމާއެކު، އާންމު ރައްޔިތުންނާއި، ސަރުކާރާއި، ޤާނޫނު ހަދައި މަޖިލީހުން ޝައުގުވެރިވާނެ، އަދި ރައްޔިތުންނަށް އެންމެ ފައިދާކުރާނެ ޕަރފޯމަންސް އޮޑިޓް މައުޟޫއުތައް ދެނެގަތުން.
- އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (INTOSAI) ގެ ސްޓޭންޑަޑްތަކާއި ގައިޑްލައިންތަކާ އެއްގޮތް ވާގޮތުގެ މަތިން އޮޑިޓް ޕްލޭން ތައްޔާރުކުރުން.
- އޮޑިޓްގެ ޢަމަލީ މަސައްކަތުގެ (ފީލްޑް ވަރކް) ތެރެއިން ލިޔެކިޔުން މުރާޖައާކުރުމާއި، އިންޓަވިއު، އިންސްޕެކްޝަން އަދި ސަރވޭގެ ޒަރީއާއިން ހެކި އެއްކުރުމާއި، ކޮލިޓޭޓިވް އަދި ކުއަންޓިޓޭޓިވް އުސޫލުތަކުން ޑާޓާ އެނަލައިސްކުރުމާއި، މަސައްކަތު ކަރުދާސް ފުރިހަމައަށް ތައްޔާރުކޮށް، އިސާއީ (ISSAI) ސްޓޭންޑަޑްތަކާއި ގައިޑްލައިންތަކާއި އެއްގޮތްވާގޮތުގެ މަތިން، އޮޑިޓް ޕްރޮސީޖަރތައް ވަގުތަށް ނިންމުން.
- އޮޑިޓް ކުރެވޭ މައުޟޫއާ ގުޅުންހުރި ޕްރޮގްރާމްތަކާއި މަޝްރޫއުތަކުގެ ނަތީޖާ ނެރެވޭ މިންވަރާއި، ސަމަކާރަކަމާއި، އިގްތިސާދީ ގޮތުން ފައިދާހުރި މިންވަރާއި ހަމަހަމަކަން ވަޒަންކުރުން.
- އޮޑިޓްކުރެވޭ މައުޟޫއުއާ ގުޅޭ ގާނޫނުތަކާއި، ގަވާއިދުތަކާއި، އަދި ސިޔާސަތުތަކާ އެއްގޮތަށް ޢަމަލުކުރެވޭ މިންވަރު ވަޒަންކުރުން.
- ހޯދުންތަކާއި (ފައިންޑިންގ)، ނިންމުންތަކާއި، އަދި ޢަމަލީގޮތުން ތަންފީޛުކުރެވޭނެ ރިކޮމެންޑޭޝަންތައް ހިމެނޭގޮތަށް އޮޑިޓް ރިޕޯޓު ޑްރާފްޓްކުރުން.
- އިންޓަރނޭޝަނަލް އޯގައިނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް އާއި ގުޅުންހުރި ވޯރކިންގ ގްރޫޕްތަކާއެކު ޕަރފޯމަންސް އޮޑިޓް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކުގައި ބައިވެރިވުން.
- ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން، ޕަރފޯމަންސް އޮޑިޓާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ރާވައި އިންތިޒާމުކުރުމުގައި ބައިވެރިވުން.
|
މައިގަނޑު މަސްއޫލިއްޔަތުތައް
|
- މިމަޤާމަށް ޝައުގުވެރިވެލައްވާ ބޭފުޅުން އެޕްލިކޭޝަން ފޮނުއްވާނީ ހަމައެކަނި މި އޮފީހުގެ އޮންލައިން ޖޮބް ޕޯޓަލް އިންނެވެ. މި ޕޯޓަލްގެ ލިންކަކީ https://www.audit.gov.mv/vacancies މިއެވެ.
- ކަވަރ ލެޓަރ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް ނުވަތަ ސެޓްފިކެޓް ނެތް ހާލަތްތަކުގައި ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްގެ ކޮޕީ
- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހަކުނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް. (މަޤާމަށް ޝަރުތުހަމަވާ ވަރަށް ތަޖުރިބާ ލިބިފައިވޭތޯ ބެލޭނީ މިދެންނެވި ސިޓީތަކުންނެވެ.)
- ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
- ވަަޒީފާއަށް އެދި ހުށަހަޅާ ފަރާތާބެހޭގޮތުން މަޢުލޫމާތު ދެވޭނެ ފަރާތެއް ނުވަތަ ފަރާތްތަކެއްގެ މަޢުލޫމާތު.
|
ހުށަހަޅަންޖެހޭ ލިޔުންތައް
|
- އެޕްލިކޭޝަންތައް ސްކްރީންކުރުމަށްފަހު، އެ ކެނޑިޑޭޓެއްގެ ސްޓޭޓަސް ޖޮބް ޕޯޓަލް އިން ފެންނަން ހުންނާނެއެވެ.
- ސްކްރީންކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްނިކަލް އެސެސްމަންޓެއް ދެވޭނެއެވެ.
- ތައުލީމާ ތަޖުރިބާ އަދި ޓެކްނިކަލް އެސެސްމަންޓްގެ މާރކްސްއަށް ބެލުމަށްފަހު، 5 ކެނޑިޑޭޓުންނަށް ވުރެ މަދު ނުވާގޮތަށް ޝޯޓްލިސްޓް ކުރެވޭނެއެވެ. ޝޯޓްލިސްޓްވިކަން ނުވަތަ ނޫންކަން ޖޮބް ޕޯޓަލް އިން ފެންނަންހުންނާނެއެވެ. އިންޓަރވިއުއަށް ކިޔޭނީ ޝޯޓްލިސްޓްވާ ކެޑިޑޭޓުންނަށް އެކަންޏެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވުމުގައި ބެލެވޭނީ، ކެނޑިޑޭޓްގެ ތަޖުރިބާ، ދެވިފައިވާ އެސެސްމަންޓްތައް އަދި އިންޓަރވިއުގެ މާރކްސްއަށެވެ.
- މި މަޤާމަށް މީހަކު ހޮވުމުގައި ތައުލީމާ ތަޖުރިބާއަށް ދެވޭ ޕޮއިންޓްދޭނީ މިމަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންގައިވާ ކަށަވަރު ކުރެވޭ ލިޔެކިޔުންތަކަށް ބަލާފައެވެ.
- އެސެސްމަންޓަށް ނުވަތަ އިންޓަރވިއުއަށް ވަޑައިގަތުމަށް މިއޮފީހުން އަންގާ ދުވަހަށް އެއްވެސް ސަބަބާކާހުރެ ކެނޑިޑޭޓަށް ޙާޒިރު ނުވެވިއްޖެނަމަ، ފަހުން އެސެސްމަންޓް ނުވަތަ އިންޓަރވިއު ނުދެވޭނެއެވެ.
|
އެހެނިހެން
|
16 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިއޮފީހުގެ ވެބްސައިޓްގައިވާ ޖޮބްޕޯޓަލްއިން.
https://www.audit.gov.mv/vacancies
|
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި
|
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348273،3348200 ނަންބަރު ފޯނަށެވެ.
|