ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދޫ ކައުންސިލް އިދާރާއަށް ކްރޭން ލޮރީއެއް ސަޕްލައިކޮށްދޭނެ ބޭނުންވެއްޖެ

އިހަވަންދޫގައި ކައުންސިލް އިދާރާއަށް ކްރޭން ލޮރީއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާގެ ނަމްބަރު (IUL)248-PRU/248/2025/90 އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައިނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ.

ވީމާ، މިއިޢުލާނާއެކު ގެޒެޓުކުރެވިފައިވާ މަޢުލޫމާތާއި އެއްގޮތަށް ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.  ބީލަމުގައި ރަޖިސްޓްރީ ވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ. ފޯނުން ރަޖިސްޓްރީވުމަށް ގުޅުއްވާނީ 6500256 އަށެވެ. އަންދާސީ ހިސާބު ހުށަހަޅާންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް " އިހަވަންދޫ ކައުންސިލް އިދާރާއަށް ކްރޭން ލޮރީއެއް ސަޕްލައިކޮށް ދިނުމަށް އެދި"  ލިޔުއްވާފައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. މި މަސައްކަތް ކޮށްދެވޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރިފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓު، ފަރުދީ ވިޔަފާރި ފަދަ ތަނަކުން މައުލޫމާތު ސާފުކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަށް ވާނެއެވެ. ބިޑްގައި ރަޖިސްޓްރީ ނުވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

 ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް

ބީލަމުގައި ރަޖިސްޓްރީ ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން

ދުވަސް

ތާރީޚު

ގަޑި

ބީލަމުގައި ރަޖިސްޓަރީ ކުރުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

އާދީއްތަ

12 އޮކްޓޫބަރު 2025

14:00 އަށް

އަންދާސީހިސާބު

ހުށަހެޅުން

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ބުދަ

15 އޮކްޓޫބަރ 2025

11:00 ގައި

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 އޮކްޓޫބަރު 2025
ހޯދާ