މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
މާލެ ޓެކްސީގެ ބްރޭންޑިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް:

މާލެ ޓެކްސީގެ ބްރޭންޑިންގ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު: MTCC-PD/IU/2025/0499 (02 އޮކްޓޯބަރު 2025) ގެ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެއިޢުލާން ބާތިލްކޮށް މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތަފްސީލު

ތާރީޚް

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

08 އޮކްޓޯބަރު 2025

ބުދަ

10:00

އަންދާސީ ހިސާބު ހުށަހެޅުން

14 އޮކްޓޯބަރު 2025

އަންގާރަ

10:00

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ މީޓިންގްރޫމަށެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޒޮނެއިރިޔާ ބިލްޑިންގ 3 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ޑިވިޜަންގެ މީޓިންގްރޫމަށެވެ. އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދަންނަވަމެވެ.

06 އޮކްޓޫބަރު 2025
ހޯދާ