ދިވެހިރާއްޖެ
ހައްދުންމަތީ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން މިއަހަރު ނޮވެމްބަރު 01 އިން 03 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ " ލާމަސީލުލާމު އަތޮޅު ވާހަކަ ދެއްކުމުގެ މުބާރާތް 2025" ވާހަކަ ދެއްވުމުގެ މުބާރާތް ހޯސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތް ތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި މުބާރާތް ހޯސްޓްކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ މިއަތޮޅުގެ ރަށު ކައުންސިލް އިދާރާތަކާއި ސްކޫލްތަކުން މުބާރާތް ހޯސްޓްކުރުމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު 2025 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލަށް އީމެއިލް ކުރެއްވުން އެދެމެވެ. މުބާރާތް ހޯސްޓްކުރުމަށް އެދި ހުށަހަޅާ ފޯމް މި އިއުލާނާއިއެކު އާންމު ކުރީމެވެ. މުބާރާތް ހޯސްޓް ކުރާ ފަރާތަށް -/15000 ރުފިޔާގެ ފައިސާގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ނޯޓް: މުބާރާތުގައި ބައިވެރިވާ ރަށްރަށުގެ ކައުންސިލްތަކަށާއި ސްކޫލްތަކަށް ހޯސްޓުކުރުމަށް ފުރުސަތު ދިނުމުގައި އިސްކަންދެވޭނެއެވެ.މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6800713 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.